21 ފެބުރުއަރީ 2018 - 21:06

ރިޔާސީ ބަޔާން ނިންމަވާލެއްވުމާ އެކު މަޖިލީހުގެ މި ޖަލްސާ ވެސް ނިންމާލައިފި

ރައީސް: މި ސަރުކާރަކީ ދިވެހިންނަށް ހިދުމަތް ކުރަން އޮތް ސަރުކާރެއް ކަން މި ހަތަރު އަހަރުގެ ތެރޭގައި ވަނީ ސާބިތުކޮށްދީފައި.
ރައީސް: މާލެ އަތޮޅުގައި 27 ފަޅެއް ތަރައްގީ ކުރަން އާންމުންނަށް ވަނީ ދޫކޮށްފައި. މި ތަންތަން ތަރައްގީ ކުރުމުން 47000 ވަޒީފާ އިތުރަށް އުފެދޭނެ.
ރައީސް: ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި 1.5 ބިލިއަން ޑޮލަރު ޓޫރިޒަމަށް އިންވެސްޓް ކުރަން ވަނީ ރަޖިސްޓްރީ ކޮށްފައި.
ރައީސް: ދައުލަތުގެ އާމްދަނީ މިހާރު ދަނީ އިތުރުވަމުން. މި އަހަރު ނިމޭއިރު 22 ބިލިއަން ރުފިޔާ އާމްދަނީ އަށް ލިބޭނެ.
ރައީސް: ޓޫރިސްްޓުންގެ އަދަދު 5 ޕަަސެންޓް ވަނީ މި ދިޔަ އަހަރު އިތުރުވެފައި. އިތުރު 24 ރިސޯޓު މި އަހަރު ހުޅުވިގެން ދާނެ. އިތުރު ދެ ހޮޓާ ވެސް ހުޅުވޭނެ
ރައީސް: މި އަހަރު އިތުރު ފަސް ރަށެއްގައި އެއާޕޯޓް އެޅޭނެ
ރައީސް: 86 ރަށެއްގައި ބޯފެން ރައްކާ ކުރާ ނިޒާމު މި އަހަރު ފެށިގެން ދާނެ
ރައީސް: އިތުރު 24 ރަށެއްގައި ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް އެބަ ކުރިއަށް ދޭ
ރައީސް: 9 ރަށެއްގައި 45 ކިލޯ މީޓަރުގެ މަގު މަސައްކަތް ވަނީ ނިމިފައި.
ރައީސް: ސްޕޯޓްސް އެރީނާގެ 80 ޕަސެންޓް ވަނީ ނިމިފައި.
ރައީސް: ޒުވާނުންނަށް ގިނަ ވަޒީފާތަކެއް ވަނީ އުފައްދާފައި. 76000 އަށް ވުރެ ގިނަ ވަޒީފާ ވަނީ އުފައްދާފައި.
ރައީސް: އައްޑޫގެ ޓާޝަރީ ހޮސްޕިޓަލް މި އަހަރުގެ މެދެއްހާތާނގައި ހުޅުވޭނެ
ރައީސް: ހުޅުމާލޭގައި ކީމޯގެ ހިދުމަތް ވަނީ ދޭން ފަށައިފައި.
ރައީސް: ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް މި އަހަރު ފެށި، އައިޖީއެމްއެޗުގެ ކެޕޭސިޓީ 500 އަށް ބަދަލުވެގެންދާނެ. ހިތުގެ ބަލިތަކަށް ފަރުވާ ދޭ ކްލިނިކުން 5000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ފަރުވާ ދެވިފައި.
ރައީސް: މި އަހަރުގެ ދެ ވަނަ ޓާމުން ފެށިގެން ހުރިހާ ސްކޫލެއް ވައިފައި ކުރެވި، ހުރިހާ ދަރިވަރުންނަށް ޓެބްލެޓް ދެވޭނެ.
ރައީސް: ދަނޑިވެރިކަން ކުރާ މީހުންނަށް އިތުރު 6 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމުގެ ތައްޔާރީތައް އެބަވޭ
ރައީސް: ޒުވާން މަސްވެރިންނާއި އޮޑވެރިން އުފެއްދުމަށް ޓަކައި 58 ފަރާތަށް ވަނީ ލޯން ދޫކުރެވިފައި. އަދި ހުއިފިލަނޑާ އާލާ ކުރުމަށް 115 ފަރާތަކަށް ވަނީ ލޯނު ދޫކުރެވިފައި. ދަނޑުވެރިކަމުގެ ފަސް ބާވަތެއް އުފައްދައި އިމްޕޯޓް ކުރުން ވަނީ މަދުކުރެވިފައި.
ރައީސް: އެން އުފެއްދުމަށް ޓަކައި 11 މިލިއަން ޑޮލަރުގެ މަޝްރޫއެއް ވަނީ ފަށައިފައި
ރައީސް: ހަތަރު އަހަރުގެ ތެރޭގައި 35 ޕަސެންޓަށް ވަނީ ކުށް މަދުކުރެވިފައި
ރައީސް: ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އާ 20 ރަށުގެ ބޮޑުމިން ރާއްޖެ އަށް މި ވަނީ ލިބިފައި.
ރައީސް: މީގެ ހަތަރު ފަސް ދުވަސްކުރިން ސައުދީން ވަނީ 160 މިލިއަން ޑޮލަރު ހަމަޖައްސައިދީފައި
ރިޔާސީ ބަޔާން ރައީސް އަބްދުﷲ ޔާމީން އިއްވަވައިދެއްވަން ފައްޓަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، ދަރުބާރުގޭގައި ބާއްވައި ރައީސް އަބްދުﷲ ޔާމީން މިއަހަރުގެ ރިއާސީ ބަޔާން އިއްވަވައިފި އެވެ.
ރިއާސީ ބަޔާނުގައި އެމަނިކުފާނު މައިގަނޑު ގޮތެއްގައި އަލިއަޅުއްވައިލެއްވީ ރާއްޖޭގެ އިގްތިސާދީ ހާލަތުގެ މައްޗަށާއި ވެއަތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކުގެ މައްޗަށެވެ. އަދި މި އަހަރުގެ ތެރޭގައި ސަރުކާރުން ހިންގާނެ ތަރައްގީގެ މައި މަޝްރޫއުތަކުގެ މައްޗަށް އަލި އަޅުއްވައިލެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިމެނޭ އިދިކޮޅު މެމްބަރުން ބޮއިކޮޓް ކޮށްފައިވާ މި ޖަލްސާ އަށް ހާޒިރުވެ ވަޑައިގަތީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ 41 މެމްބަރުންގެ ތެރެއިން 36 މެމްބަރުންނެވެ.
ގާނޫނު އަސާސީގެ 83 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މަޖިލިސް ހުޅުވާ ޖަލްސާ ބާއްވަން ޖެހެނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު އެވެ. އެހެން ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ޖަލްސާ އޮތީ ފަސްކޮށްފަ އެވެ.