ޑިޒްނީގެ "ޕިނޯކިއޯ" އަށް ޑައިރެކްޓަރަކު ލިބިއްޖެ
ޑިޒްނީގެ "ޕިނޯކިއޯ" އަށް ޑައިރެކްޓަރަކު ލިބިއްޖެ

ޑިޒްނީން "ޕިނޯކިއާ" ގެ ލައިވް-އެކްޝަން ފިލްމެއް ގެނެސްދޭން ނިންމައި، ޑައިރެކްޓްކޮށް ދޭން ޖޭމްސް ބޮންޑްގެ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ސޭމް މެންޑޭޒް އަށް ހުށަހެޅުމުން އޭނާ ފިލްމް ދޫކޮށްލުމާ ގުޅިގެން އާ ޑައިރެކްޓަރު ފިލްމަށް ހަމަޖައްސައިފި އެވެ.

މި ފިލްމް ޑައިރެކްޓް ކުރާނީ އެނިމޭޓް ފިލްމް "ޕެޑިންގްޓަން" ސީރީީޒް ޑައިރެކްޓްކޮށްފައިވާ އިނގިރޭސި ޑައިރެކްޓަރު ޕޯލް ކިންގްކަން ޑިޒްނީން މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ.

ހަގީގީ އެކްޓަރުންނާ އެކު ގެނެސްދޭ "ޕިނޯކިއާ" ގެ އަކީ ޑިޒްނީން 1940 ގައި ރިލީޒް ކުރި އެނިމޭޓެޑް ފިލްމަށް ބިނާކޮށް ހަދާ ފިލްމެކެވެ. މީގެ ސްކްރީންޕްލޭ 2016 ގައި ރިލީޒް ކުރި "ސްޓާ ވޯސް: ދަ ރޯގް ނޭޝަން" ގެ ސްކްރީންރައިޓަރު ކްރިސް ވެއިޒް ލިތުނު ނަމަވެސް. ސްކްރިޕްޓް އަލުން މުރަޖައާ ކުރަން މިހާރު ވަނީ "ވޮންޑާ" ގެ ސްކްރީންރައިޓަރު ޖެކް ތޯންއާ ހަވާލުކޮށްފަ އެވެ.

"ޕިނޯކިއޯ" ގެ ކާސްޓް އަދި އިއުލާން ނުކުރި ނަމަވެސް ޑިޒްނީ ބުނީ މިހާރު ތާވަލުކޮށްފައި އޮތީ ފިލްމްގެ ޝުޓީން މި އަހަރުގެ ބަހާރު މޫސުމްގައި ފަށަން ކަމަށެވެ.

"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ލައިވް-އެކްޝަން ފިލްމަށް ބޮކްސް އޮފީހުގައި 2016 ގައި ލިބުނު ބޮޑު ކާމިޔާބާ އެކު، ޑިޒްނީން ވަނީ "އަލައްދިން" އާއި "ލަޔަން ކިންކް" އަދި "ޑަމްބޯ" ގެ އިތުރުން "ދަ ސްވޯޑް އިން ދަ ސްޓޯމް" ގެ ލައިވް-އެކްޝަން ފިލްމްތައް ވެސް ބެލުންތެރިންނަށް ގެނެސް ދޭން ނިންމައިފަ އެވެ.