ވައިގެ ހަމަލާތަކުގައި 48 ގަޑިއިރު ތެރޭ ސީރިއާ އިން އާއްމުންގެ 250 މަރު
ވައިގެ ހަމަލާތަކުގައި 48 ގަޑިއިރު ތެރޭ ސީރިއާ އިން އާއްމުންގެ 250 މަރު

ދިމިޝްގު (ފެބްރުއަރީ 21) - ސީރިއާގެ ވެރިރަށް ދިމިޝްގާ ކައިރީގައި އޮންނަ އީސްޓަން ގޫތާ އަށް، އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް ސަރުކާރު ސިފައިން ދޭ ވައިގެ ހަމަލާތަކުގައި އިއްޔެ އެކަނި ވެސް އާއްމުންގެ 100 މީހުން މަރުވެފައިވާ އިރު ވޭތުވެދިޔަ 48 ގަޑިއިރު ތެރޭ މަރުވި އާއްމުންގެ އަދަދު 250 އަށް އަރައިފި އެވެ.

ވައިގެ ހަމަލާތަކުގައި 48 ގަޑިއިރު ތެރޭ ސީރިއާ އިން އާއްމުންގެ 250 މަރު
ވައިގެ ހަމަލާތަކުގައި 48 ގަޑިއިރު ތެރޭ ސީރިއާ އިން އާއްމުންގެ 250 މަރު

އިނގިރޭސި ވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި، މިއީ 2013 ވަނަ އަހަރު ދިން ކެމިކަލް ހަމަލާ އަށް ފަހު އެންމެ ގިނަ އާއްމުން ދެ ދުވަސްތެރޭ ސީރިއާ އިން މަރުވި ފުރަތަމަ ފަހަރެވެ.

އދ. އިން ބުނި ގޮތުގައި ވައިގެ ހަމަލާތަކުގައި ހަ ހޮސްޕިޓަލަކަށް ވަނީ ގެއްލުން ލިބިފަ އެވެ. މީގެ ތެރޭން ތިން ހޮސްޕިޓަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

"ވޭތުވެދިޔަ 48 ގަޑިއިރު ތެރޭ އީސްޓަން ގޫތާގެ ހަ ހޮސްޕިޓަލަކަށް ހަމަލާ ދިން ޚަބަރު އެހީ ފުން ހިތާމައާ އެކު،" ސީރިއާ އަށް ކަނޑައަޅާފައި ހުންނަ އދ.ގެ ރީޖަނަލް ހިއުމެނިޓޭރިއަން ކޯޑިނޭޓަރު ޕެނަސް މޫމްޒިސް ވިދާޅުވި އެވެ.

އީސްޓަން ގޫތާގެ ހާލަތު ސިފަކޮށްދެމުން އެ ސަރަހައްދުގައި އުޅޭ ޑޮކްޓަރަކު ބުނީ މިހާރު ދޭ ހަމަލާތަކުން ސިފަވަނީ ހަލަބު ސިޓީ އަށް ދިން ވައިގެ ހަމަލާތަކުގެ މަތިން ކަމަށެވެ.

ސީރިއަން އޮބްޒަވޭޓަރީން ބުނީ އީސްޓަން ގޫތާ އަށް ވައިގެ ހަމަލާ ދެނީ އެއްގަމު މަގުން ވަރުގަދަ ހަމަލާއެއް ދޭން ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.