އެންމެ ކާމިޔާބު ޕްރޮޑިއުސަރުންނަކީ ކޮބާ؟
އެންމެ ކާމިޔާބު ޕްރޮޑިއުސަރުންނަކީ ކޮބާ؟

ފިލްމުތަކުގެ ވާހަކަ އާންމުކޮށް ދައްކާ އިރު، އެންމެ ގިނައިން އަދި އެންމެ ބޮޑަށް ދެކެވޭނީ އެ ފިލްމެއްގެ ތަރިންނާއި ޑައިރެކްޓަރުންގެ ވާހަކަ އެވެ. ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރާ ގިނަ މީހުންގެ ވާހަކަ ދެކެވޭނީ ވަރަށް މަދު ފަހަރެއްގަ އެވެ. އެކަމަކު ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނަނީ އަދި ޑައިރެކްޓަރާއި ތަރިންނަށް ދޫނުކުރާ ވަރުގެ ބޮޑެތި އެހެން މަސައްކަތްތަކެއް އެހެން ބަޔަކުކޮށްގެންނެވެ. ވަކިން ހާއްސަކޮށް ކޮންމެ އުފެއްދުމަކީ ވެސް ޕްރޮޑިއުސަރުން ކުރާ ބޮޑު އިންވެސްޓްމަންޓެކެވެ.

އެންމެ ކާމިޔާބު ޕްރޮޑިއުސަރުންނަކީ ކޮބާ؟
އެންމެ ކާމިޔާބު ޕްރޮޑިއުސަރުންނަކީ ކޮބާ؟

އެހެންވެ އޭނާގެ ޒިންމާ ކުޑައެއް ނޫނެވެ. ހަގީގަތުގައި މުޅި ޓީމްގެ މަސައްކަތް ބިނާވަނީ ޕްރޮޑިއުސަރު ނަގާ ޒިންމާތަކާއި އަދާކުރާ މަސްއޫލިއްޔަތުތަކުގެ ތެރެއަށެވެ. އެހެންވެ ޕްރޮޑިއުސަރުންގެ ވާހަކަ އިހުމާލެއް ނުކުރެވޭނެ އެވެ. ރާއްޖޭގެ ފިލްމީ ދާއިރާގެ އެހާރާއި މީހާރަށް ބެލިޔަސް ވަރަށް ކާމިޔާބު ޕްރޮޑިއުސަރުންތަކެއް އެބަ ތިއްބެވެ. ފާހަގަކޮށްލެވޭ ވަރުގަދަ މަސައްކަތްތަކެއްކޮށްފައި އަދި ކުރަމުން އަންނަ ޕްރޮޑިއުސަރުންގެ މަތިން ހަނދާން އާކޮށްލަމާ ހިނގާށެވެ.

އެންމެ ކާމިޔާބު ޕްރޮޑިއުސަރުންނަކީ ކޮބާ؟
އެންމެ ކާމިޔާބު ޕްރޮޑިއުސަރުންނަކީ ކޮބާ؟

މުހައްމަދު އަލީ (މޮގާ) އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ ކާމިޔާބު އެއް ޕްރޮޑިއުސަރުކަމާ ދޭތެރޭ އެއްވެސް މީހަކު ޝައްކެއް ނުކުރާނެ އެވެ. ޑާކް ރެއިން އެންޓައިންމަންޓްގެ ނަމުގައި އޭނާ ހިންގާ ސްޓޫޑިއޯއަކީ ބެލުންތެރިން ގަޔާވާ ކަހަލަ އެތައް ފިލްމެއް އަދި އެވޯޑްގެ ގޮތުން ވެސް ވަރަށް ކާމިޔާބު ފިލްމްތަކެއް ގެނެސް ދީފައިވާ ސްޓޫޑިއޯއެކެވެ.

އެންމެ ކާމިޔާބު ޕްރޮޑިއުސަރުންނަކީ ކޮބާ؟
އެންމެ ކާމިޔާބު ޕްރޮޑިއުސަރުންނަކީ ކޮބާ؟

މޮގާގެ ލެންސްގެ ދަށުން ހިންގާ ޑާކް ރެއިނަކީ ރާއްޖޭގެ މި ވަގުތު އެންމެ ހަރަކާތްތެރި އަދި އެންމެ ބިޒީ ސްޓޫޑިއޯ އެވެ. މިހާރު ވެސް ދެ ފިލްމެއްގެ މަސައްކަތް އެކުއެކީގައި ކުރަމުން އަންނަ އިރު، ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް "މާމުއި" ވެސް ގެނެސް ދޭނީ މޮގާ އެވެ. ރާއްޖޭގެ ފުރަތަމަ 3ޑީ ފިލްމް "ފަތިސްހަނދުވަރުގެ ފެށުން" ހެދުމުގެ ރެކޯޑް ވެސް އޮތީ މޮގާ އަތުގަ އެވެ.

އެންމެ ކާމިޔާބު ޕްރޮޑިއުސަރުންނަކީ ކޮބާ؟
އެންމެ ކާމިޔާބު ޕްރޮޑިއުސަރުންނަކީ ކޮބާ؟

ސިނަމާ އަށް ދެން އަންނަން ވެސް އޮތީ "އެންމެ ފަހު ވިންދާ ޖެހެންދެން"، "ވާށޭ މަށާއެކީ" އަދި "މީ ލޯތްބަކީ" ފަދަ އެތައް ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން މޮގާގެ ފިލްމެކެވެ. އެއީ "ވަކިން ލޯބިން" އެވެ. އަދި "ގޮށްރާޅު" ގެ ނަމުގައި ވެސް ޑާކް ރެއިނުން އަންނަނީ ފިލްމެއް ހަދަމުންނެވެ. އެ ފިލްމް ވެސް މި އަހަރު ފެންނާނެ އެވެ.

އެންމެ ކާމިޔާބު ޕްރޮޑިއުސަރުންނަކީ ކޮބާ؟
އެންމެ ކާމިޔާބު ޕްރޮޑިއުސަރުންނަކީ ކޮބާ؟

ކުރިން މާޕާގެ ތައްގަނޑު ޖަހައިގެން ފިލްމްތައް ގެނެސް ނަހުލާއަކީ ރާއްޖޭގައި ހުރި އެންމެ ކާމިޔާބު އަންހެން ޕްރޮޑިއުސަރު/ޑައިރެކްޓަރު އަދި ސްކްރީންރައިޓަރު ވެސް މެ އެވެ. އޭނާ މިހާތަނަށް ގެނެސް ދިން ކޮންމެ ފިލްމަކީ ވަރަށް ކާމިޔާބު ފިލްމެކެވެ.

އެންމެ ކާމިޔާބު ޕްރޮޑިއުސަރުންނަކީ ކޮބާ؟
އެންމެ ކާމިޔާބު ޕްރޮޑިއުސަރުންނަކީ ކޮބާ؟

ނަހުލާ މިހާރު ފިލްމްތައް ގެނެސް ދެނީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ކްރިސްޓަލް އެންޓައިންމަންޓްގެ ސްޓޭމްޕް ޖަހައިގެންނެވެ. އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މިދިޔަ އަހަރު އެޅުވި "ބޮސް" އެވެ.

ނަހުލާ އަމިއްލަ އަށް ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށްފައިވާ ފިލްމްތަކުގެ ތެރޭގައި "4426"، "ޒުލޭހާ" އަދި "ޔޫސުފް" އާއި "ކަލާޔާ ނުލާ" ފަދަ ފިލްމްތައް ފާހަގަކޮށްލެވެ އެވެ.

އޭނާ ޕްރޮޑިއުސްކޮށް ގެނެސް ދިން އެހެން ބައެއް ފިލްމްތަކުގެ ތެރޭގައި "މި ހަށިން ފުރާނަދަންދެން" އާއި "ވީރާނާ" އަދި "ހެޔޮ ނުވާނެ" ފަދަ ފިލްމްތައް ހިމެނެ އެވެ.

ނަހުލާގެ ކްރިސްޓަލްގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާ އިރު، ބިޔަ ބޮޑު އެހެން ޕްރޮޖެކްޓަކަށް ވެސް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިއީ އަނެއްކާ ވެސް ރާއްޖޭގެ ޒުވާން އަދި ކާމިޔާބު ޒުވާން ޕްރޮޑިއުސަރެއްގެ ތެރެއިން ފާހަގަކޮށްލެވޭ ނަމެކެވެ. ފިލްމް "އިންސާފު" ޕްރޮޑިއުސް ކުރުމަށް ފަހު، ޝަފީގް ޕްރޮޑިއުސް ކުރި ފިލްމްތަކުގެ ތެރޭގައި މިދިޔަ އަހަރު އެޅުވި "ނޯޓީ 40" ހިމެނެ އެވެ.

އޭނާ ޕްރޮޑިއުސަރެއްގެ ޒިންމާ ނެގި އިތުރު ފިލްމްތަކުގެ ތެރޭގައި "ބައިވެރިޔާ" އަދި "24 ގަޑިއިރު" ހިމެނެ އެވެ. މި އަހަރުގެ އޮގަސްޓްގައި ރިލީޒް ކުރާ "+40" ގެ އެއް ޕްރޮޑިއުސަރަކީ ވެސް ޝަފީގެވެ. އަދި ކުރިއަށް ވެސް ފާހަގަކޮށްލެވޭ ބައެއް މަސައްކަތްތައް ރޭވިފައި އެބަ ހުއްޓެވެ.

މިހާރު ރައްޔިތުންގެ އިހަވަންދޫ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި މުހައްމާއަކީ ވެސް ވަރަށް ކާމިޔާބު ޕްރޮޑިއުސަރެކެވެ. އޭނާގެ ދެކެދެކެ ވެސް ޕްރޮޑަކްޝަނުން ވަރަށް ގިނަ އަދި އެހާމެ ކާމިޔާބު ކުރު ފިލްމްތަކެއް ގެނެސް ދީފައިވާ އިރު، ވަރަށް ފާހަގަކޮށްލެވޭ ފީޗާ ފިލްމްތަކެއް ވެސް މުހައްމާ ޕްރޮޑިއުކޮސްފައިވެ އެވެ.

އޭގެ ތެރޭގައި ފިލްމް "ނިއުމާ" އާއި "ހިތް ރޮއްވާނުލާ" ވަކިން ފާހަގަކޮށްލެވޭނެ އެވެ. މުހައްމާ އެންމެ ފަހުން ޕްރޮޑިއުސް ކުރި ފިލްމަކީ 2016 ގައި ރިލީޒް ކުރި "ވަފާތެރި ކެހިވެރިޔާ" އެވެ.

މަރްހޫމް ޑޭޝް ހަސަން ޕްރޮޑިއުސްކޮށް އެންމެ ފަހުން ސިނަމާ އަށް އައި ފިލްމަކީ ޑައިރެކްޓަރު އަބްދުލް ފައްތާހް 2014 ގައި ޑައިރެކްޓް ކުރި "އާދޭސް" އެވެ. ހަސަންގެ ކްރެޑިޓްގެ ތެރޭގައި ކުރިއަށް "ފަރި" ލައިފައި 2000 ގެ އަހަރުތަކުގެ ކުރީކޮޅު ނެރުނު ގިނަ އަދަދެއްގެ ވީސީޑީތަކުގެ މަތިން ޔަގީނުން ވެސް ބެލުންތެރިން މިހާރު ވެސް ހަނދާން ހުންނާނެ އެވެ.

އޭނާ ޕްރޮޑިއުސްކޮށްފައިވާ މަޝްހޫރު ބައެއް ފިލްމްތަކުގެ ތެރޭގައި "އެ ތޫފާނީ ރޭ"، "އުމުރަށް" އަދި "ސަނދުރަވިރޭ" ފާހަގަކޮށްލެވެ އެވެ.

މިއީ ފިލްމީ ދާއިރާގެ އެންމެ ދުވަސްވީ އެއް ނަމެވެ. އޭރު ވެސް މިހާރު ވެސް މަހުމާ ހުސައިންގެ ނަމެއް ފިލްމީ ދާއިރާ އިން ފަނޑެއް ނުވެ އެވެ. ރާއްޖޭގައި އެންމެ ގިނަ ފިލްމް އުފެއްދި ސްޓޫޑިއޯއަކީ ވެސް ހުސައިންގެ ފަރިވާ ފިލްމް ވެސް އެވެ.

"ނަފުރަތު"، "ޔަތީމް"، "ލޯބީގެ އަނިޔާ" އަދި "ދެ ފިރިން" ކަހަލަ ކިތަންމެ ފިލްމެއް ހުސައިންގެ ކްރިޑިޓަށް ލެވިދާނެ އެވެ. މަހުމާ ހުސައިން މި ފަހުން ގެނެސް ދިން ބައެއް ފިލްމްތަކުގެ ތެރޭގައި "ސަޒާ"، "ރަންދަރި" އަދި "ރާނީ" ހިމެނެ އެވެ. ކުރިއަށް ވެސް އޭނާ ޕްރޮޑިއުސް ކުރާ ފިލްމްތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ހުސައިން މުނައްވަރު (ކުޑަފޫޅު) ގެ ހަތަރު ވަނަ ޑައިރެކްޝަން ފާހަގަކޮށްލެވެ އެވެ.

ދާދި ފަހުން ރިލީޒް ކުރި ކުޑަކުދިންގެ ފިލްމް "ކުޑަފޫޅުގެ ވަސްވާހުން" އަކީ ވެސް ހުސައިންގެ އުފެއްދުމެކެވެ.

މިއީ ނުވަ ދިހައިގެ އަހަރުތަކުގައި ފަރިވާ ފިލްމްސްއާ އެންމެ ވާދަ ކުރި ސްޓޫޑިއޯ ސްލޭމް ސްޓޫޑިއޯ ހިންގި އަސްލަމް ރަޝީދުގެ ވާހަކަ އެވެ. އޭނާގެ ނަމާ އެކު އެންމެ އަވަހަށް ހަނދާނަށް އަންނާނެ ފިލްމަކީ ރާއްޖޭގެ ފިލްމީ ދާއިރާ އިން އިބްގިލާބެއް ގެނައި ލޯބީގެ ބިރުވެރި ފިލްމް "ފަތިސްހަނަދުވަރު" އެވެ.

އަސްލަަމް ވަނީ ކާމިޔާބު އެތައް ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފަ އެވެ. ޕްރޮޑިއުސަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯދިޔަސް، އަސްލަމް ވަނީ ފަހުން ފިލްމްތައް އަމިއްލަ އަށް ޑައިރެކްޓް ވެސްކޮށްފަ އެވެ. އޭގެ ތެރޭގައި "ނަމޫނާ" އާއި "ޝާލިނީ" ހިމެނެ އެވެ.

މިދިޔަ އަހަރު ބޭއްވި 8 ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ލިބުނު އަސްލަމްގެ ފިލްމޮގްރަފީގެ ތެރޭގައި "ޒަލްޒަލާ"، "ބިރު"، "ހިފަހެއްޓުމެއް ނެތް ކަރުނަ"، "ސާހިބާ" އަދި "އަރާމަގު ދޮންކަމަނަ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

އަސްލަމާއި ސްލޭމް ސްޓޫޑިއޯގެ ވާހަކަ މިހާރު ފިލްމީ ދާއިރާގައި ނުދެކެވުނަސް، އަސްލަމް މި ދާއިރާ އަށް ކޮށް ދިން ހިދުމަތްތަކުގެ މަތިން އަބަދު ވެސް ދިވެހިން ހަނދާން ހުންނާނެ އެވެ.