އެއްވެސް ޑިރެކްޓަރަކު ހައްޔަރެއް ނުކުރޭ: ސްޓީލް ހާޑްވެއާ
އެއްވެސް ޑިރެކްޓަރަކު ހައްޔަރެއް ނުކުރޭ: ސްޓީލް ހާޑްވެއާ

ސްޓީލް ހާޑްވެއާގެ ޑިރެކްޓަރުންތަކެއް ހައްޔަރުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.

ސްޓީލް ހާޑްވެއާ އިން ކުރި ޓްވީޓެއްގައި ބުނީ އެ ކުންފުނީގެ އެއްވެސް ޑިރެކްޓަރަކު ހައްޔަރު ނުކުރާ ކަމަށާއި ފަތުރަމުންދަނީ ދޮގު ވާހަކައެއް ކަމަށެވެ. އަދި އެހެން ދުވަސްތަކެކޭ އެއްގޮތަށް ޑިރެކްޓަރުން މަސައްކަތް ކުރަމުން އަންނަ ކަން ވެސް އެ ޓުވީޓުގައި ފާހަގަކޮށްފައި ވެ އެވެ.

އެ ޑިރެކްޓަރުން ހައްޔަރުކުރީ، ރިޝްވަތުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ގުޅުން އޮވެގެން ކަމަށް ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ.

އަލީ ހަމީދުގެ އަނބިކަނބަލުންގެ އިތުރުން އެ އާއިލާގެ ތިން މީހަކު ވެސް ވަނީ ރިޝްވަތުގެ ތުހުމަތުގައި މީގެ ކުރިން ހައްޔަރުކޮށްފަ އެވެ. އެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ،