24 ފެބުރުއަރީ 2018 - 07:33

މޮނޯޕޮލީ އާއި ސްކްރެބްލް އާއި ލޫޑޯ ފަދަ ބޯޑު ގޭމްތަކަކީ ދުނިޔޭގައި ނަން މަޝްހޫރު ގޭމްތަކެކެވެ. އާންމުކޮށް ދެ މީހުންނާއި ހަތަރު މީހުންގެ މެދުގައި ކުޅޭ މިފަދަ ކުޅިވަރުތައް މިހާރު ސްމާޓްފޯނުތަކުގައި ވެސް ކުޅެވެއެވެ. ގޭމް އުފައްދާ ކުންފުންޏެއް ކަމަށްވާ ސެންސިބްލް އޮބްޖެކްޓްސްއަށް މިގޮތެއް ކަމަކުނުދިޔައެވެ. އެ ކުންފުނިން އުފެއްދީ އެމެޒޯން އެލެކްސާގެ އަޑު އިވޭނެހެން ހަދާފައިވާ ބޯޑު ގޭމެކެވެ.
"ވެން އިން ރޯމް" އަކީ ދުނިޔެ ވަށައި ބުރުޖަހާ ގޭމެކެވެ. ކޮންމެ ބައިވެރިޔަކު ވެސް އޭނާގެ މާކަރު ބޯޑު މަތީ ފެންނަން ހުންނަ، ވެރިކަންކުރާ ރަށްރަށު މަތީ ހިންގަމުން ކުރިއަށްދާނީއެވެ. "މާކަރު" އަރާ ކޮންމެ ސަހަރަކުން ކުޅުންތެރިޔާއަށް އެ ގައުމަކާ ބެހޭ ގޮތުން އާންމު މައުލޫމާތުގެ ސުވާލު ކުރެވޭނެއެވެ. ސުވާލުތައް ކުރާނީ އެލެކްސާއެވެ. ގޭމް ކުޅޭނެ ގޮތުގެ އިރުޝާދު ދޭނީ ވެސް އެލެކްސާއެވެ.
"ވެން އިން ރޯމް" އަކީ ވޮއިސް އޮރިޖިނަލްސް ސިލްސިލާގެ ދަށުން ސެންސިބްލް އޮބްޖެކްޓްސްއިން ނެރޭ ފުރަތަމަ ގޭމެވެ. މި ގޭމް ކުޅެން ކަނޑައަޅާފައިވަނީ ޢުމުރުން ފަސް އަހަރާއި 99 އަހަރާއި ދެމެދުގެ މީހުންނަށެވެ. އާންމު މައުލޫމާތާއި ސުވާލު ހިމެނޭތީ މި ކުޅިވަރު ބޮޑަށް މަގުބޫލުވާނީ ތަންކޮޅެއް ބޮޑެތި ކުދިންނާއި ބޮޑެތި މީހުންގެ މެދުގައި ކަމަށް ބެލެވެއެވެ. މީގެ ގޭމް ވިއްކާނީ 29.95 ޑޮލަރަށް ކަމަށް ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.