ދަ ކިޗަން: ތަފާތު މާހައުލަކުން ތަފާތު ރަހަތަކެއް
ދަ ކިޗަން: ތަފާތު މާހައުލަކުން ތަފާތު ރަހަތަކެއް

ދަ ކިޗަން އަކީ ކޮން ތަނެއްކަން ނޭނގޭ ޒުވާނަކު ސޯޝަލް މީޑިއާގައި މިހާރު މަދުވާނެ އެވެ. އެތަނުގެ ހާއްސަ ސޭންޑްވިޗްތަކުގެ މީރުކަމެވެ. ޕޭސްޓްރީގެ ހާއްސަ އުފެއްދުންތަކެވެ. އެކި ރަހަތަކުގެ ކެއުންތަކެވެ.

ދަ ކިޗަން: ތަފާތު މާހައުލަކުން ތަފާތު ރަހަތަކެއް
ދަ ކިޗަން: ތަފާތު މާހައުލަކުން ތަފާތު ރަހަތަކެއް

ދައުވަތު ދީގެން ރޭ ބޭއްވި ހާއްސަ ހަފުލާއެއްގައި "ދަ ކިޗަން" އަކީ މާލޭގައި ހުޅުވާ ފެންވަރު މަތީ އަދި އެކި ހިސާބުތަކުގެ ތަފާތު ރަހަތަކުން މުއްސަނދިވެފައިވާ ރެސްޓޯރެންޓެއްކަން ވަނީ ސާބިތުކޮށްދީފަ އެވެ. ރަހަ ބެލި މީހުންގެ ތައުރީފްގެ ބަސްތައް ގިނަ އެވެ.

ދަ ކިޗަން: ތަފާތު މާހައުލަކުން ތަފާތު ރަހަތަކެއް
ދަ ކިޗަން: ތަފާތު މާހައުލަކުން ތަފާތު ރަހަތަކެއް

ހެންވޭރު ހިތިގަސްމަގުގައި ދެ ބުރިއަށް ހަދާފައި ހުރި ބޮޑު ރެސްޓޯރެންޓްގެ ގްރައުންޑްގައި ހިމެނެނީ ބޭކަރީގެ އުފެއްދުންތަކާއި ޕޭސްޓްރީގެ މީރު ރަހަތަކެވެ. ބޭނުމިއްޔާ ގަނެގެން ޓޭކް އަ ވޭ ހަދަންވީ އެވެ. ރެސްޓޯރަންޓް ތެރޭގައި، އެ ތަނުގެ ހިތްގައިމުކަމުގެ އިހުސާސްތަކާ އެކު ކާން ބޭނުން ނަމަ މަތީ ބުރިއަށް އަރަންވީ އެވެ.

ދަ ކިޗަން: ތަފާތު މާހައުލަކުން ތަފާތު ރަހަތަކެއް
ދަ ކިޗަން: ތަފާތު މާހައުލަކުން ތަފާތު ރަހަތަކެއް

"ދަ ކިޗަން" ފަރުމާކޮށްފައި ވަނީ އެހެން ރެސްޓޯރެންޓްތަކާ ތަފާތު އަދި ހާއްސަ ތަނެއްކަން އިހުސާސް ކުރެވޭ ގޮތަށެވެ. ރަސްމީކޮށް އާންމުންނަށް ހުޅުވާލުމުގެ ކުރިން ބޭއްވި ހާއްސަ ހަފުލާގައި އެކި ދާއިރާތަކުން މަޝްހޫރު އެތައް ބަޔަކު ބައިވެރިވި އެވެ.

ތަނުގެ ހާއްސަ، ތަފާތު ކަންކަމުގެ ވާހަކަތަކާ ދިމާއަށް ދަމާ ހިނގާށެވެ.

"ދަ ކިޗަން"ގެ އެންމެ ހާއްސަ އެއް ކަމަކީ މަތީ ފެންވަރުގެ ހިދުމަތްތައް ލިބޭ ރެސްޓޯރެންޓެއް ނަމަވެސް، އަގުތައް ހެޔޮވުމެވެ. ރެސްޓޯރެންޓްގެ ވެރިންގެ އަމާޒަކީ ވީހާވެސް ފެންވަރު ރަނގަޅު ހިދުމަތެއް، އެކަށީގެންވާ އަގެއްގައި ދިނުމެވެ. އެގޮތުން މާލޭގައި ހުރި ރެސްޓޯރެންޓްތަކާ އަޅާބަލާއިރު، "ދަ ކިޗަން"ގެ އަގުތައް ހެޔޮވާނެކަމުގެ ޔަގީންކަން ދެ އެވެ.

"ދަ ކިޗަން"ގެ މެނޫ މަދު ރަހަތަކަކުން ނިންމައެއް ނުލަ އެވެ. އެއަށް ވުރެ އުފެއްދުންތައް ގިނަވެފައި، ކަސްޓަމަރުންނަށް ލިބޭ އިހުތިޔާރުތައް ބައިވަރެވެ. ރާއްޖޭގައި އާންމުކޮށް ލިބެން ނެތް އެތައް ވައްތަރެއްގެ އެ ތަނުގައި ތައްޔާރުކުރުމަކީ އެންމެ ބޮޑު އެއް ތަފާތެވެ. މިސާލަކަށް ޖަޕާނުގެ ހާއްސަ ކެއުންތައް "ދަ ކިޗަން" އިން ލިބެން އެބަ ހުއްޓެވެ.

މި ރެސްޓޯރެންޓްގެ ހާއްސަ ސޭންޑްވިޗު، ދިވެހިންގެ ސަމާލުކަން ހޯދާނެ އެވެ. ބޮޑު ތަފާތަކީ ސޭންޑްވިޗް ހަދާ ބްރެޑެވެ. އެއީ "ދަ ކިޗަން"ގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ "ސްޕައިސީ ސިގްނޭޗާ ބްރެޑް" އެވެ. ކުޅި ރަހަ ހިމެނޭ މި ބްރެޑްގައި ސޭންޑްވިޗް ހަދަނީ ކަސްޓަމަރު ބޭނުން އެއްޗެއް އަޅައިގެންނެވެ. މި ބްރެޑް އެތަނުން ވަކިން ވެސް ވިއްކަ އެވެ.

"ދަ ކިޗަން" އާންމުންނަށް ހުޅުވާލަން ހަމަޖައްސާފައި ވަނީ މި މަހު 24 (އަންނަ ހޮނިހިރުދުވަހު) އެވެ.

"ދަ ކިޗަން" ތަރައްގީކޮށްފައި ވަނީ ހަމައެކަނި އެތަނުގެ ތެރޭގައި ހިދުމަތް ފޯރުކޮށްދޭ ގޮތަކަށް ނޫނެވެ. އެއަށް ވުރެ ތަނުގެ ވެރިންގެ އުއްމީދާއި އަމާޒު މާ ބޮޑެވެ. އެގޮތުން ފެންވަރު މަތީ ކޭޓަރިންގެ ހިދުމަތް ވެސް ފޯރުކޮށްދޭން، ރެސްޓޯރެންޓްގެ ކައްކާއިންނާއި މުވައްޒަފުން ވަނީ ތައްޔާރުވެފަ އެވެ.

"ދަ ކިޗަން"ގެ ޖެނަރަލް މެނޭޖަރު ހަސަން ޝިޔާޒް ވިދާޅުވީ އެ ރެސްޓޯރަންޓުން އެއްފަހަރާ 100 އެއްހާ މީހުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި މަހު 24ގައި އާންމުންނަށް ސޮފްޓް އޯޕަނިންއެއް އޮންނާނެ. އެކަމަކު އެއްކޮށް ހުޅުވާލައިގެން ހުރިހާ ޑިޝްތައް ލިބެން ފަށާނީ މާޗް ހިސާބުގައި،" ޝިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުޑަކުދިންގެ ޕާޓީތަކުން ފެށިގެން ވެޑިން އާއި ކޯޕަރޭޓް އިވެންޓްތަކަށް ވެސް ކޭޓަރިންގެ ހިދުމަތް ދޭނެ އެވެ.

"އޭގެ އިތުރުން ފައިން ޑައިން ވެސް ވަރަށް އަވަހަށް ފަށާނަން،" ޝިޔާޒް ވިދާޅުވި އެވެ.

މިހާރު ވެސް އާންމުންނަށް މި ރެސްޓޯރެންޓުން އެއްޗެހި ވިއްކަ އެވެ. އެގޮތުން ހާއްސަ ސޭންޑްވިޗް ތައްޔާރުކުރާ ކުޅި ބްރެޑް ހިމެނެ އެވެ.

"މިހާރު ވެސް އާންމުން އައިސް ރަހަތައް ތަޖުރިބާކޮށްލެވޭނެ،" ޝިޔާޒް ވިދާޅުވި އެވެ.