19 ފެބުރުއަރީ 2018 - 18:26

ދިރާގުން 4ޖީގެ ހިދުމަތް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ޚާއްސަ ޕްރޮމޯޝަނެއް ފަަށައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ ދިރާގު 2ޖީ އަދި 3ޖީ ސިމް ގެންގުޅޭ ކަސްޓަމަރުންނަށް މިއަދުން ފެށި ޕްރޮމޯޝަނުގެ ތެރެއިން، ހިލޭ 4ޖީ ސިމަކަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި މިގޮތަށް 4ޖީ ސިމް ނަގާ ފަރާތްތަކަށް ދެ މަސް ދުވަހަށް، ކޮންމެ މަހަކު ދެ ޖީބީ ޑޭޓާ ހިލޭ ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ޕްރޮމޯޝަނުގެ ތެރެއިން ދިރާގުން 4ޖީ މޯބައިލް ފޯނު އަގު ހެޔޮކޮށް ވިއްކާނެ އެވެ. އެގޮތުން ސެމްސަންގް ފަދަ ބްރޭންޑްތަކުގެ މެދުފަންތީގެ ފޯނު، 1،500-3،499ރ. އާއި ދެމެދުގެ އަގުތަކެއްގައި ވިއްކާނެ އެވެ. ފޯނު ގަންނަ ފަރާތްތަކުގެ ތެރެއިން، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބިލުގެ 40-50 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ހިލޭ ދެ ޖީބީ ޑޭޓާގެ އިތުރުން، ކްރެޑިޓް ދެ ގުނައަށް އިތުރުވާނެ އެވެ.
ދިރާގުން ބުނީއެ ކުންފުނީގެ އަމާޒަކީ، މުއާސަލާތާއި ޑިޖިޓަލް ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުން ކަމަށެވެ. އަދި މިފަދަ ޕްރޮމޯޝަންތައް ހިންގުމުގައި އަބަދު ވެސް ބަލަނީ ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުމަށް އިތުރު ފަސޭހަތައް ގެނުވައި އުފާވެރި މުސްތަގްބަލެއް ހޯދުމުގައި އެހީތެރިވެދިނަށް ކަމަށެވެ.