19 ފެބުރުއަރީ 2018 - 16:47

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 19) - މެލޭޝިއާގެ މަޝްހޫރު ރިސޯޓެއް ކަމަށްވާ ލަންކާވީގައި ކޭބަލް ކާރުގެ ތެރޭގައި 89 މީހުން ހަތަރު ގަޑިއެއްހާ އިރު ތާށިވެ ތިބެން ޖެހިއްޖެ އެވެ.
އޮފިޝަލުން ބުނީ ގިނަ ބަޔަކު ކޭބަލް ކާރުގައި ތާށިވާން ޖެހުނީ ސިސްޓަމަށް ދިމާވި މައްސަލައަކުން ކަމަށެވެ.
ލަންކާވީ ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަޒީޒަން ނޫރައްދީން ވިދާޅުވީ ކޭބަލް ކާރުގައި ތާށިވި 89 ޓޫރިސްޓުން ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ޖެހުނު ބެއަރިން ސިސްޓަމް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓުން ބުނީ ކޭބަލް ކާރު ސިސްޓަމުގައި މައްސަލަ ޖެހުނުކަން ރިޕޯޓް ކުރުމާ އެކު އެހީވާނެ ޓީމުތައް ފޮނުވި ކަމަށެވެ. އެންމެ ފުރަތަމަ ލިބުނު ރިޕޯޓްތަކުން ބުނި ގޮތުގައި 800 މީހުން ވަނީ ކޭބަލް ކާރުގައި ތާށިވެފަ އެވެ.