ޕޮކެމޮން ފެޝަން އިންޑަސްޓްރީއަށް
ޕޮކެމޮން ފެޝަން އިންޑަސްޓްރީއަށް

"ޕޮކެމޮން ގޯ" އަކީ ކޮން އެއްޗެއްކަން މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެނގޭ މީހުން މަދުވާނެ އެވެ. ނަމަވެސް މަގުމައްޗާއި އެކި ސަރަހައްދުތަކުގައި މީހުން ފޯނު ހިފައިން ތިބެ މި ގޭމު ކުޅޭ މަންޒަރު ފެނުން މިހާރު އާންމުވެއްޖެ އެވެ.

ޕޮކެމޮން ފެޝަން އިންޑަސްޓްރީއަށް
ޕޮކެމޮން ފެޝަން އިންޑަސްޓްރީއަށް

ނިންޓެންޑޯގެ މި ގޭމަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ގޭމަކަށް ވިޔަސް އެކި އުމުރުގެ މީހުން ޕޮކެމޮން ކުޅޭތަން ފެނެ އެވެ. ޕޮކެމޮންގެ ޖާދޫގައި އެތައް ބަޔަކު ޖެހިއްޖެ އެވެ. މި ފޯރީގައި ޕޮކެމޮންގެ ބޮޑު ފޭނެއް މި ގޭމް ފެޝަނާއި ގުޅުވާލެވޭނެކަން ދައްކާލައިފި އެވެ.

"ޕޮކެމޮން އެންޑް ފެޝަން"ގެ ނަމުން ޓަމްބްލާ ޕޭޖެއް ހިންގާ ފްރޭންސިސްގެ ފޮޓޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާންމުވެފަ އެވެ. ކެނެޑާގައި މަސައްކަތްކުރާ ސްޓައިލިސްޓެއް އޭނާގެ ޓަމްބްލާ ޕޭޖުގައި ފެޝަންގެ އެކި ބްރޭންޑްތަކުގެ ކެމްޕޭން ފޮޓޯތަކުގެ ތެރެއަށް ޕޮކެމޮންގެ ކެރެކްޓާތައް ލައި އެޑިޓުކޮށްފައިވެ އެވެ.

ޝަނެލް، އެލެކްޒޭންޑާ ވޭންގް، ކެންޒޯ، ޕްރާޑާ އަދި ބަލްމޭން ފަދަ މަޝްހޫރު ފެޝަން ފޮޓޯތަކުގައިވާ މޮޑެލުންނާ އެކު ޕިކަޗޫ، ގްލެމިޔާއު ފަދަ ލޯބި، މަޖާ ޕޮކެމޮންތައް ވެސް މޮޑެލްކޮށްފައި ތިބޭތަން ފެނެ އެވެ.