މިއަދުގެ ޖަލްސާއަކީ ގާނޫނާ ހިލާފު ޖަލްސާއެއް: އިދިކޮޅު
މިއަދުގެ ޖަލްސާއަކީ ގާނޫނާ ހިލާފު ޖަލްސާއެއް: އިދިކޮޅު

އިބްރާހިމް ވަހީދު (ލޯޔަރު ވައްޑެ): ކުއްލި ނުރައްކަލުގެ ހާލަތު މިއޮތީ ފަނޑިޔާރުންނާއި ކުރީގެ ރައީސް މައުމޫނަށާއި އެތަކެއް މެމްބަރުންނަށް ކުރިމަތި ކުރުވާފައި. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު މިދިޔައީ ފަނޑިޔާރުންނާއި ރައީސް މައުމޫން ހައްޔަރު ކުރުމަށް. އެކަމަކު އެއީ އެ ހާލަތުގައި ކުރަން ޖެހޭ ކަމެއް ނޫން.

މަކުނުދޫ ދާއިރާގެ އަނާރާ ނައީމް: ދައުރު ފެށިފައި ވަނިކޮށް ދައުރުން ބޭރުގައި މިއަދު ޖަލްސާ ބޭއްވުން އަޅުގަނޑު ވެސް ގަބޫލެއް ނުކުރަން. އޭގެ އިތުރުން ތިން މެމްބަރަކު އެބަތިއްބެވި ޖަލުގައި. ޝަރީއަތުން ކުށް ސާބިތު ނުވާހާ ހިނދަކު މީގެ ކުރިން ވެސް މެމްބަރުން ޖަލްސާއަށް ހާޒިރުކޮށްފައި ހުރީ. އެކަމަކު މިއަދު އެ ތިން މެމްބަރުން ނުވެއް ގެނޭ.

ރިޔާޒް: ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާ ރޭ ވެސް ލިބުނީ ދަންވަރު. އެއެއް ނޫން އެކަން ވާން ޖެހޭ ގޮތަކީ. އަޅުގަނޑުމެންގެ ވެސް ހުންނާނެ އަޅުގަނޑުމެންގެ ތެރޭގައި ނިންމަން ޖެހޭ ކަންކަން. މަޖިލީހުގެ މުވައްޒަފުންނަށް ވެސް އިލްތިމާސްކުރަން ކުއްލިކުއްލި އަށް އުސޫލުންް މިކަހަލަ ޖަލްސާތައް ބޭއްވުން ހުއްޓާލަން. ދެ މެމްބަރަކު އެބަ ވިދާޅުވޭ އެ ބޭފުޅުންނަށް ނުވެސް އިނގެޔޭ ޖަލްސާ ބާއްވާކަން. މެމްބަރު އިމްތިޔާޒް ފަހުމީ އެބަ ވިދާޅުވޭ ތިމަންނައަށް އެސްއެމްއެސް ލިބުނޭ ދައުވަތު އަނބުރާ ގެނައޭ ކިޔައިފައި ވެސް.

ރިޔާޒް: އަޅުގަނޑަަކަށް ނުފެނޭ 12 މެމްބަރުންނަށް ޖަލްސާ އަށް ނުވަދެވޭންވީ ހަމަ އެއްވެސް ސަބަބެއް. އަޅުގަނޑު އެދެނީ ނިންމާ އެއްޗެއް ސުޕްރީމް ކޯޓުން އަވަހަށް އަދުލުވެރިކަމާ އެކު ނިންމަވައިދެއްވުމަށް. ރައްޔިތުން ހޮވާފައި ތިބި މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭ ހާލަތެއް އައިސްގެން ނުވާނެ

ރިޔާޒް: މިއަދަކީ އަޅުގަނޑުމެން އިދިކޮޅަށް އަނެއްކާ ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް.

ޖޭޕީގެ ނައިބު ނައިބު ލީޑަރު އަބްދުﷲ ރިޔާޒް: ސަރުކާރަށް 43 މެމްބަރުން ހަމައެއް ނުވި. މި ވޯޓަށް އަޅުގަނޑުމެންގެ ބައެއް މެމްބަރުންނަށް ހުށަހެޅުންތައް ހުށަހެޅި. މިއެއް ނޫން އެކަން ދާން ޖެހޭ ގޮތަކީ.

އިބޫ: ސުޕްރީމް ކޯޓުގެ އަމުރުގައި އަދިވެސް އޮތީ މެމްބަަރުންގެ ގޮނޑި ނުގެއްލޭ ކަމަށް. އެކަމަކު އަޅުގަނޑުމެންގެ މެމްބަރުންނެއް މަޖިލީހަށް ނުވައްދާ. އެހެންވެ އަޅުގަނޑުމެން އަނެއްކާ ވެސް ސުޕްރީމް ކޯޓަށް މި ގޮވާލަނީ މި މައްސަލަ އަވަސްކޮށްދެއްވުމަށް. މިހާރު އެ މައްސަލަ އޮތީ، ފްލޯ ކްރޮސް ކުރުމުގެ މައްސަލަ ވަކިގޮތަކަށް މަޑުޖައްސާލަން ކަމަށް.

އިބޫ: އަޅުގަނޑުމެން މިއަދުގެ ޖަލްސާ އަށް ނުދިޔައީ ގާނޫނާ ހިލާފަށް ކުރާ ކަމަކަށް ވާތީ، އެއަށް ގާނޫނީ ހައިސިއްޔަތެއް އަންނަން އަޅުގަނޑުމެން ބޭނުން ނުވާތީ. ސަރުކާރުން މިހާރު ވެސް ބޭނުން ވަނީ 43 މެމްބަރުން ހަމަކޮށްގެން އެއަށް ވޯޓަށް އެހޭތޯ.

ދައުރުން ބޭރުގައި މިއަދު ޖަލްސާއެއް ނުބޭއްވޭނެ ކަމަށާއި އެގޮތަށް މަޖިލީހުގެ ދައުރު ފެށިފައިވާ ކަމަށް މަޖިލީހުގެ ގާނޫނީ ލަފާ ވެސް ދީފައިވާ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހަންމަދު ސޯލިހު ދެންމެ ވިދާޅުވެއްޖެ އެވެ.

ކުނޫޒްގައި މިހާރު ހިނގަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ މިއަދު ބޭއްވި ޖަލްސާއަކީ ގާނޫނާ ހިލާފު ޖަލްސާއެއް ކަމަށެވެ.

ތަފުސީލު އަންނަނީ