16 ޖުލައި 2016 - 06:55
މިފަހަރުގެ ސްޓައިލް ވީޑިއޯގައި އެ ވަނީ ބުރުގާ އަޅާ މީހުންނަށް ހާއްސަ މޭކަޕް ސްޓައިލެކެވެ. މޭކަޕް އާޓިސްޓް އައިޝަތު ދީމާ (ދީކޮ) ގެ މި ހުށަހެޅުމަކީ "ނޫޑް ސްމޯކީ އައި މޭކަޕް" އެކެވެ. މިއީ ވަރަށް ސާދާ ސްޓައިލެކެވެ. ޕާޓީ އަކަށް ނުވަތަ ރޭގަނޑު ކެއުމަކަށް ނިކުންނައިރު މިއީ ކަމުދާގެ މޭކަޕެކެވެ.
ދީކޮގެ "ބަލްގިސް" ސްޓޫޑިއޯގައި ނަގާފައިވާ މި ވިޑިއޯގައި މޮޑެލް ކޮށްފައިވަނީ ތޫބާ މުހައްމަދެވެ.
އަންނަ ހޮނިހިރު ދުވަހުވެސް މިހާރު ސްޓައިލްގެ އާ ވީޑިއޯއަކުން އާ ހުށަހެޅުމެއް ގެނެސްދޭނަމެވެ.