23 ފެބުރުއަރީ 2018 - 06:54

ކަރުދާހުން މަތިންދާބޯޓު ހަދައިގެން އުދުއްސުމަކީ ކޮންމެ މީހެއްގެ ވެސް ދުރު ހަނދާނަކަށްވާނެއެވެ. ޒަމާން މިވަނީ ބަދަލުވެފައެވެ. ކަރުދާހުން މަތިންދާބޯޓު ހަދައިގެން އަތުކޮޅަށް ހޫރާލައިގެން އެ ގޮސް ބިންމައްޗަށް އެކޮޅުކޮޅުން ޖެހޭ ތަން ދެކޭކަށް މިހާރަކު ބޭނުމެއް ނޫނެވެ. މިހާރު މިވެސް ކަމުދަނީ އެޕެއްގެ އެހީގައި އުދުއްސާށެވެ.
ޕަވަ އަޕްގެ ޑާޓް އެއާކްރާފްޓަކީ މިޒަމާނަށް ފެތޭ ގޮތަށް އުފައްދާފައިވާ ކަރުދާހު މަތިންދާބޯޓެކެވެ. އުދުއްސަން ބޭނުންވަނީ ކުޑަ ބުރަފައްޗަކާއި ސްމާޓްފޯނު އެޕެކެވެ. މީގެ އެންމެ ހާއްސަ ކަމަކީ ކަރުދާހުން ހަދާ މަތިންދާބޯޓަކީ އެމީހަކު ބޭނުން ގޮތަކަށް ފަތްޖަހާލެވޭ ބޯޓަކަށްވާ ކަމެވެ. ވިއްކަން ހުންނަނީ ބުރަފައްޗާއި ދެ ގަނޑު ކަރުދާހެވެ. ފަތްޖަހާނީ އެ މީހަކު އަމިއްލައަށެވެ. އުދުއްސާލާއިރު ފޯނުން ކޮންޓްރޯލް ކުރެވޭތީ އާދައިގެ މަތިންދާބޯޓެކޭ ދާދި އެއްގޮތެވެ.
ޑާޓް އެއާކްރާފްޓަށް މިހާރު އޮންލައިންކޮށް އޯޑަރުކުރެވޭނެއެވެ. ބުރަފައްޗަކާއި ދެ ގަނޑު ކަރުދާހުގެ ކިޓު ވިއްކަން ހުރީ 29 ޑޮލަރަށެވެ. މިއަށް ފުރޮޅު ޖޯޑަކާއި ޖަޕާނު މަތިންދާބޯޓު ކަރުދާހެއް އިތުރުކޮށްފައި ހުންނަ ކިޓު ވިއްކަނީ 37 ޑޮލަރަށެވެ.