ކުޑަޔަކަސް އަޑުގަދަ ސްޕީކަރެއް
ކުޑަޔަކަސް އަޑުގަދަ ސްޕީކަރެއް

ދާ ކޮންމެ ތާކަށް ސްޕީކަރެއް ކޮނޑު އަޅާލައިގެން ދިޔުމަކީ ކުޅަދާނަކަމެއް ނޫނެވެ. ކުދި ސްޕީކަރުތައް މިހާރު ގެންގުޅުނަސް ފަޓުލޫނުގެ ފައިކޭޓަށް ޖަހާލެވޭ ވަރުގެ ސްޕީކަރެއް ނެތީމާ ރައްޓެހި ކުދިބަޔަކު އެއްވެލައިގެން ފޯރި ނަގާކަށްވެސް ފަސޭހައެއްނޫނެވެ.

އެކަމަކު ކީނޯޓް ޕޮކެޓް ބްލޫޓޫތު ސްޕީކަރަކީ ތަޅުދަނޑި ފުލުގައި ލާ ވަރުގެ ކުޑަކުޑަ ސްޕީކަރެކެވެ. ދާ ކޮންމެ ތާކަށް ގެންދެވެއެވެ.

ކީނޯޓަކީ ނަމޫނާ ކުޑަ ސްޕީކަރެކެވެ. އައިފޯނަކަށްވުރެ އަޑު ސާފުވެފަ ބާރެވެ. އަތަށް ލުއިވެފައި ގެންޅެން ފަސޭހައެވެ. މީގެ ބަރުދަނުގައި ހުންނަނީ އެންމެ 35 ގުރާމެވެ. ބްލޫޓޫތުން ގުޅުވާލެވެއެވެ. ބެޓެރީ ޖެހެނީ ރީޗާޖުކުރާށެވެ. އެއްފަހަރު ޗާޖުކޮށްގެން ހުއްޓިނެތި ތިން ގަޑިއިރު ބޭނުންކުރެވެއެވެ. ގިނަ ފިތްތަކަކަށް ފިތާކަށް ނުޖެހެއެވެ. ހުޅުވާ ނިވުމަށް އޮންނަނީ އެންމެ ފިތެކެވެ.

ތަޅުދަނޑި ފުލުގައި ލެވޭ މި ކުޑަކުޑަ ސްޕީކަރު މިވަގުތު ވިއްކަންހުރީ 49 ޑޮލަރަށެވެ.