17 ފެބުރުއަރީ 2018 - 13:46

ގދ. ރަތަފަންދޫގައި ފެން ބޮޑުވެ އެ ރަށުގެ ބައެއް ތަންތަނަށް ގެއްލުން ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ރޭ މެންދަމުން ފެށިގެން ރަތަފަންދު އަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ ބައެއް ގޭގެ އާއި ޚިދުމަތް ދޭ ތަންތަނަށް ފެން ވަންނާތީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރަތަފަންދޫ ކައުންސިލުން ބުނީ މި ވިއްސާރައިގައި ފަސް ގެއަކަށް ފެން ވަދެ، އެއް ގެއެއްގައި ހުރި، ހިފައި ގެންގުޅޭ އެއްޗިއްސަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި ކައުންސިލް އިދާރާ އާއި ކޯޓާއި ސިއްހީ މަރުކަޒަށް ވެސް ފެން ވަދެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އޭގެ ތެރެއިން ގެއްލުން ލިބުނީ ސިއްހީ މަރުކަޒުގައި ހުރި ބައެއް ތަކެއްޗަށް ކަމަށް ކައުންސިލުން ބުންޏެވެ. ބައެއް ގެތަކުން މިހާރު ވަނީ ފެން ހިއްކައިފަ އެވެ.