18 ފެބުރުއަރީ 2018 - 06:31

ވައްކަން ކުރާ މީހުން ގިނަ ފަހަރަށް އެކަން ކުރަނީ ވަރަށް ބޮޑަށް ރާވައި ތައްޔާރުވެގެން ކަމަށް ވިޔަސް ޗައިނާގެ މި ދެ ވަގުންގެ އެފަދަ އެއްވެސް ވިސްނުމެއް ހުރިހެނެއް ހިއެއް ނުވެ އެވެ.
ޝަންހާއީގައި ހުރި ތަނެއްގެ ބޭރު ބިއްލޫރިގަނޑު ތަޅާލައިގެން ވައްކަން ކުރަން އުޅުނު މި ދެ މީހުންގެ ތެރެއިން އެކަކު ބިއްލޫރިގަނޑުގައި ޖަހަން އެއްލި ބޮޑު ގަލެއް އަނެއް މީހާގެ ގައިގައި ޖެހި އެ މީހާ ހޭނެތުނެވެ.
މޫނުގައި މާސްކް އަޅައިގެން ތިބި ދެ މީހުންގެ ތެރެއިން އެކަކު ހޭނެތެމުން އަނެއްމީހާ އޭނާ ބިންމަތީގައި ދަމާފައި ގެންދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.
ޝަންހާއީ ފުލުހުން ވެސް ވަނީ މި ދެ ވަގުންނަށް ވަރަށް މަލާމާތް ކޮށްފަ އެވެ. އެމީހުން ބުނެފައިވަނީ ވައްކަންކުރަން މިކަހަލަ ސޭކުން އުޅޭ ނަމަ ފުލުހުންނަށް އޯވަޓައިމް ކުރަން ނުޖެހޭނެ ކަމަށެވެ.