ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް
ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް

ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ، ހުސެއިން އަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށް. "ބޫޓުން ޖަހާފައި ހުރި ކަމުގެ ނިޝާން ވެސް ފެންނަން އެބަހުރި،" ފިޔާޒް ވިދާޅުވި. އަދި ހުސެއިންގެ ހަށިގަނޑުގެ އެކި ހިސާބުތަކުން ހަން މަށައިގެން ގޮސްފައިވާ ކަމަށް ފިޔާޒް ވިދާޅުވި. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ ޓީވީގެ ކެމެރާމަނަކަށް ވެސް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް. ފިޔާޒް ވިދާޅުވީ، ހުސެއިން އަނިޔާކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށް.

ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް
ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް

އެއްވުން ކަވަރު ކުރުމަށް ހަރަކާތްތެރިވެ އުޅެނިކޮށް މިރޭ ހައްޔަރުކުރި، ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން ފުލުހުންގެ ވެހިކަލެއްގައި މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި. އޭނާގެ ހާލު ސީރިއަސް ކަމަށް އެނގިފައިވޭ. ފޮޓޯތަކުން ފެންނަ ގޮތުގައި ހުސެެއިންގެ ހަށިގަނޑުގެ އެކި ހިސާބުތަކުން ވަނީ ހަން މަށައިގެން ގޮސްފައި.

ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް
ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް

ސުޕްރީމް ކޯޓުން މި މަހު 1ގައި ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި އިދިކޮޅު ޕާޓީތަކުން މިއަދު ބޭއްވި އެއްވުމުގެ ތެރެއިން މަދުވެގެން 23 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުގެ އިތުރުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ 6 މެމްބަރަކު ހިމެނިވަޑައިގަންނަވާ. މީގެ އިތުރުން ދެ ނޫސްވެރިއަކު ވެސް އެއްވުމުން ވަނީ ހައްޔަރުކޮށްފައި.

ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް
ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް

އެއްވުމުގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފި. މަޖީދީމަގު ކުނޫޒް ކައިރީގައި އެއްވުމުގެ ބައިވެރިންނާ އެކު ތިއްބައި އެ ދެ މީހުން ހައްޔަރުކުރި ސަބަބެއް އަދި ސާފެއް ނުވޭ.

ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް
ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް

އެއްވުން ކަވަރުކުރަން އުޅުނު ނޫސްވެރިންނަށް ބާރުގެ ބޭނުންކޮށްގެން ފުލުހުން ހުރަސްއަޅައި އަނިޔާކުރި މައްސަލަ އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފި. އެ މައްސަލާގައި އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ ނޫސްވެރިންނަށް އަމާޒުކޮށްގެން ފުލުހުން މިރޭ ހިންގި އަމަލުތަކާ މެދު ކަންބޮޑުވާ ކަމަށް. މަގުމަތިން ނޫސްވެރން ފަހާ ދުވެ، ނޫސްވެރިން ފަހަތަށް ޖައްސައި ޒިންމާ އަށް ހުރަސްއެޅުމަކީ ޑިމޮކްރަސީގެ ރޫހާ ޚިލާފު ޚުދުމުހުތާރު ގައުމުތަކުގައި ހިންގާ އަމަލެއް ކަމަށް ވެސް އެމްޑީޕީން ބުނި.

ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް
ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް

އެއްވުން ލައިވްކުރަމުން ދަނިކޮށް، ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަންގެ ބުރަކަށީގައި އަތް އަޅައި ކޮއްޕަމުން ވަރަށް އަނިޔާވެރިކަމާ އެކު ހައްޔަރުކޮށްފައިވާ ކަމަށް އެ ސްޓޭޝަނުން ބުނެފި. އޭނާ ހައްޔަރުކުރިއިރު، އެއްވުން ކަވަރުކުރަން މިރޭ ދިޔަ ނޫސްވެރިންނަށް އަމާޒުކޮށްގެން ވަރަށް ބޮޑަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ހުސެއިން ލައިވްގައި ތަކުރާރުކޮށް ވަނީ ބުނެފައި.

ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް
ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް

ލައިވް މެދުކަނޑާލަން ފުލުހުން އެންގުމާ އެއްގޮތަށް އަމަލުނުކުރުމުން ރާއްޖެ ޓީވީގެ މައިކް އަތުލާފައިވާ ކަމަށް އެއްވުން ކަވަރުކުރަން ތިބި ބައެއް ނޫސްވެރިން ބުނެފި.

ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް
ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް

އެއްވުމުގެ ބައިވެރިން މިހާރު ތިބީ މަޖީދީ މަގު، އަރަބިއްޔާ ފްލެޓް ކައިރީގައި. ފުލުހުން އަންނަނީ އެ ސަރަހައްދު ދޫކޮށް ދާން އަންގަމުން.

ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް
ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް

މިރޭގެ އެއްވުމުގައި ފުލުހުން ވަނީ ނޫސްވެރިންނަށް ވަރަށް ބޮޑަށް ހުރަސްއަޅާފައި. ނޫސްވެރިންނަށް އަމާޒުކޮށްގެން ޕެޕަ ސްޕްރޭ ޖަހާފައިވާއިރު، ދެ ނޫސްވެރިއަކަށް އަނިޔާވެ ފަރުވާ ދޭން ހޮސްޕިޓަލަށް ވެސް ގެންދިޔަ. އެއްވުން ކަވަރުކުރަން ދިޔަ ނޫސްވެރިން ކޮއްޕައި ބޭރުކުރަމުންދިޔަ މަންޒަރު ވެސް ޓީވީތަކުން ވަނީ ލައިވްކޮށްފައި.

ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް
ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް

މަހްލޫފް ހައްޔަރުކުރީ، ޓުވީޓަކާ ގުޅިގެން ފުލުހުން ތަހުގީގުކުރާ މައްސަލައަކަށް މިރޭ ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު އެއްވުމާ ގުޅިވަޑައިގެންނެވިތާ ގިނަ އިރުތަކެއް ނުވަނީސް. އެއްވުމުގައި މަހްލޫފް މިރޭ ހުންނެވީ މާސްކަކުން މޫނު ނިވާކޮށްގެން. އެއީ، އެއްވުން ރޫޅާލަން ފުލުހުން ޕެޕާ ސްޕްރޭ ޖަހާތީ ކަމަށް ބެލެވޭ.

ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް
ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް

އިދިކޮޅު އެއްވުމުގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ހައްޔަރުކޮށްފި ކަމަށް ބައެއް ނޫސްވެރިން ބުނެފި

ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް
ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް

އިދިކޮޅު ޕާޓީތަކުގެ އެއްވުން އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދަން ފުލުހުން ތަކުރާރުކޮށް ހުރަސްއެޅުމުން، ބައިވެރިން މަގުތަކަށް ނުކުމެ އުޅެނިކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ހައްޔަރުކޮށްފި އެވެ.

ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް
ހޫނުވި އެއްވުމުން ނޫސްވެރިންނަށް އަނިޔާތަކެއް

އެއްވުމުގެ ބައިވެރިން މަގުތަކަށް ނުކުތީ އާޓިފިޝަލް ބީޗުން ފޮނުވާލާފައި ވަނިކޮށް، ދެ ވަނަ ފަހަރަށް އެތަނަށް އެއްވުމުން ޕެޕާ ސްޕްރޭ ޖަހައި މީހުން ދުރަށް ޖެއްސުމުންނެވެ. މުޒާހަރާގެ ބައިވެރިންގެ މިސްރާބު ހުރީ މަޖީދީ މަގާއި ޗާންދަނީ މަގު ކަންމައްޗަށެވެ. އެ މީހުން އެ ސަރަހައްދަށް އެއްވިޔަ ނުދޭން އެސްއޯ ފުލުުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އިދިކޮޅު ޕާޓީތަކުން އެމްޑީޕީ ހަރުގެ ކުރިމަތީގައި މިއަދު ހަވީރު ފެށި އެއްވުން ބާރުގެ ބޭނުންކޮށްގެން ފުލުހުން ރޫޅާލުމުން، އާޓިފިޝަލް ބީޗުގައި ބައިވެރިން ތިއްބައި އެތަނުން ވެސް މީހުން ހުސްކުރި އެވެ. އެތަނުން މީހުން ދުރަށް ޖެއްސުމުގެ ތެރޭގައި އެކަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.

މުޒާހަރާގެ ބައެއް ބައިވެރިން ބުނިގޮތުގައި، ފުލުހުން ޝީލްޑާއެކު ކޮއްޕައި މީހުން ދުރަށް ޖެއްސިއިރު ވެއްޓި އަނިޔާވި ފިރިހެން މީހާގެ ކަނާތް އޮތީ ބިންދިފަ އެވެ. އެމްބިއުލާންސްގައި ގެންގޮސް އޭނާ އަަށް އޭޑީކޭގައި ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ އަތަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް ހޮސްޕިޓަލުން އަދި ސާފެއް ނުވެ އެވެ.

އިދިކޮޅު ޕާޓީތަކުގެ އެއްވުން ފެށުމާއެކު، ކުރިން އިންޒާރު ދީފައިވާ ގޮތަށް ފުލުހުން ވަނީ ރޫޅާލައިފަ އެވެ. އެއީ، ހަމަނުޖެހުން ހިންގަން ރާވައިގެން ބާއްވާ ޣައިރު ގާނޫނީ އެއްވުމެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުން މި މަހު 1 ގައި ނެރުނު އަމުރު ތަންފީޒުކޮށް، ސިޔާސީ ލީޑަރުން ދޫކޮށްލަން ގޮވާލައި އެ އެއްވުން ފެށުމާއެކު އެ ސަރަހައްދު ދޫކޮށް ދާން ފުލުހުން އެންގި އެވެ. އެއަށް ފަހު އެމްޑީޕީގެ ހަރުގެ ތެރެއަށް ވަދެ އެތަނުގައި ތިބި އެންމެން ނެރުމަށް ފަހު ހަރުގެ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ހަރު ގެއިން މީހުން ނެރެ، ބާރުގެ ބޭނުންކޮށްގެން އެއްވުން ރޫޅާލަން ފުލުހުން ޕެޕާ ސްޕްރޭ ޖެހުމުން ބައެއް މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ނޫސްވެރިން ވެސް ހިމެނެ އެވެ.

އެއްވުމުގެ ބައިވެރިން އެ ސަރަހައްދުން ފޮނުވާލަން އުޅުމުން އެ މީހުން ޖަމާވީ އާޓިފިޝަލް ބީޗަށެވެ. އިދިކޮޅުން ސިލްސިލާކޮށް ބާއްވާ ހަރުގެ އެއްވުންތަކާ އަޅާ ބަލާއިރު ގިނަ ބަޔަކު އެއްވުމުގައި މިއަދު ބައިވެރިވި އެވެ.

އެއްވުން ފެށިއިރު ވެސް ގިނަ އަދަދެއްގެ ފުލުހުން ޝީލްޑާއެކު އެ ސަރަހައްދުގައި ތިއްބެވެ.

އެމްޑީޕީން ބުނިގޮތުގައި، އެއްވުން ފެށުމުގެ ކުރިން އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އާއި ގައުމީ މަޖިލީހުގެ މެމްބަރު ހުސެއިން އަމުރު ވަނީ ހަރުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ކުރިން، އެ ޕާޓީން އައްޑޫ ސިޓީ އަށް ކަނޑައަޅާފައިވާ ރައީސް އަހުމަދު އަދުހަމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އެއްވުމުގައި ތިއްބެވި އިދިކޮޅުގެ އިސް ބޭފުޅުންގެ އިންޓަވިއުތަކުގައި ވިދާޅުވީ ފުލުހުން ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެ އެއްވުމަށް ހުރަސްއެޅިއަސް އެއްވުން ހުއްޓާނުލާނެ ކަމަށެވެ. އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގަކަށްވާތީ، މިރެއާ ހަމައަށް ވެސް އެއްވުން ކުރިއަށް ގެންދާނެ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

އެ ބޭފުޅުން ވިދާޅުވީ މިއަދުގެ އެއްވުމަކީ "ބޮޑު އެއްވުމެއް" ނޫން ކަމަށެވެ. އެއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ބައިވެރިވެގެން އޮންނަ އެއްވުމަށް ތައްޔާރުވާން ބާއްވަން އުޅުނު "ވޯމް އަޕް" އެއްވުމެއް ކަމަށެވެ.

މި އެއްވުމަށް ހިތްވަރު ދިނުމުގެ ގޮތުން، ބައެއް އަތޮޅުތަކުގައި ވެސް އެއްވުންތައް ކުރިއަށް ގެންދިޔަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ އެއްވުން އަނެއްކާވެސް ރަސްމީކޮށް ފަށާނީ މިރޭ 8:30 ގައި ކަަމަށެވެ. އެއީ ވެސް ސުލްހަވެރި އެއްވުމެއް ކަަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވުމުގައި މިހާރު ތިބި މީހުންނާއި މިރޭގެ އެއްވުން ގުޅިގެން ކުރިއަށް ދާނީ. އަޅުގަނޑުމެން މި އެއްވަނީ ފުލުހުންނާއި ސިފައިންނަށް އަނިޔާކުރާކަށް ނޫން، ގާނޫނާ ޚިލާފު ކަންތައްތަކެއް ކުރާކަށް ވެސް ނޫން، މިއަދުގެ އެއްވުމުން ވެސް އެކަން ސާފުވެއްޖެ ނޫންތޯ، ފުލުހުން ބުނި އަޅުގަނޑުމެން މިއަދު ހަވީރު އެއްވެ ހަމަނުޖެހުން ހިންގާނެއޭ. ކޮން ހަމަނުޖެހުމެއްތޯ ހިންގީ،" އަލީ ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަދުގެ އެއްވުމުގައި ވެސް ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. ޕެޕާ ސްޕްރޭ ޖެހުމުން ވެސް މޫނު ފޮހެލައި ކޮއްޕައި ހަދާއިރު ވެސް އަޅާނުލައި ފުލުހުންނަށް އެއްބާރުލުން ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވި ގޮތުގައި މިއަދުގެ އެއްވުމުން ސަރުކާރަށް ވާނީ މެސެޖެއް ލިބިފަ އެވެ. އެއީ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި ނަމަ، ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނިކުންނަ މީހުންގެ އަދަދު އިތުރުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.