އިިދިކޮޅު އެއްވުމުން ރޭ 4 މީހަކުު ހައްޔަރުކުރި
އިިދިކޮޅު އެއްވުމުން ރޭ 4 މީހަކުު ހައްޔަރުކުރި

ސުޕްރީމް ކޯޓުން މި މަހުގެ 1ގައި ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި އެމްޑީޕީ ހަރުގެ ކައިރީގައި ރޭ ބޭއްވި އެއްވުމުގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

އިިދިކޮޅު އެއްވުމުން ރޭ 4 މީހަކުު ހައްޔަރުކުރި
އިިދިކޮޅު އެއްވުމުން ރޭ 4 މީހަކުު ހައްޔަރުކުރި

އެއްވުމުގެ ތެރެއިން ހައްޔަރުކުރީ ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ރައީސް އަންވަރު އިބްރާހިމާއި މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލި މަނިކުގެ އިތުރުން އެ ޕާޓީގެ ދެ އެކްޓިވިސްޓުންނެވެ.

އެ މީހުން ހައްޔަރުކުރި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެމްޑީޕީގެ ޒުވާނުންތަކެއް އިސްނަގައިގެން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެއްވުމުގެ ތެރެއިން ވެސް ފަސް މީހަކު ހައްޔަރުކުރި އެވެ. ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިތުރުކޮށްދިނުމުން، އެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.