އެކްތާ އާއި އިމްތިޔާޒު ގުޅިގެން "ލައިލާ މަޖްނޫ" އަލުން އުފައްދަނީ
އެކްތާ އާއި އިމްތިޔާޒު ގުޅިގެން "ލައިލާ މަޖްނޫ" އަލުން އުފައްދަނީ

މަޝްހޫރު ލޯބީގެ ވާހަކައެއް ކަމަށްވާ "ލައިލާ މަޖްނޫ"ގެ އާ ފިލްމެއް އުފައްދަން އުޅޭކަން ޕްރޮޑިއުސަރު އެކްތާ ކަޕޫރު އިއުލާންކޮށްފި އެވެ. މި ފިލްމު ހުށަހަޅައިދެނީ ޑައިރެކްޓަރު އިމްތިޔާޒު އަލީ އެވެ.

މި ފިލްމު ފަށާކަން އިއުލާންކުރަމުން އެކްތާ ކުރި ޓުވީޓެއްގައި އޭނާ އާއި އިމްތިޔާޒު އަލީގެ ފޮޓޯއެއް ހިމަނާފައިވެ އެވެ. އަދި މި ފިލްމުގެ ވާހަކަ ހުށަހަޅައިދެވޭތީ ވަރަށް އުފަލުން ހުރި ކަމަށް ވެސް އެކްތާ ބުންޏެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މޭ 4 ވަނަ ދުވަހު އެވެ.

"ލޯބީގެ ބައެއް ވާހަކަތައް ދުވަހަކުވެސް މަރެއް ނުވާނެ. ލޯބީގެ ވާހަކަތައް ކިޔައިދޭ މީހުން އެ ވާހަކަތައް އަބަދުވެސް ކިޔައިދެމުން ދާނެ،" އެކްތާގެ ޓުވީޓްގައި ބުނެފައިވެ އެވެ.

މި ފިލްމު ޑައިރެކްޓްކުރަނީ ސާޖިދު އަލީ އެވެ. ފިލްމުގެ ތަރިންނާއި އެނޫންވެސް އެހެނިހެން ތަފްސީލުތައް އަދި ހާމައެއް ނުކުރެ އެވެ.

އެކްތާ ކަޕޫރަކީ މިހާރު ބޮލީވުޑްގެ ގިނަ ފިލްމުތަކެއް އުފައްދާ ޕްރޮޑިއުސަރެކެވެ. އެގޮތުން އޭނާ އުފެއްދި "ވީރޭ ދީ ވެޑިން" ވެސް މިހާރު ވަނީ ރިލީޒްކުރުމުގެ މަގުމަތީގަ އެވެ.