މުދަލު ޒަކާތުގެ ނިޞާބް އިތުރުވެއްޖެ
މުދަލު ޒަކާތުގެ ނިޞާބް އިތުރުވެއްޖެ

މުދަލު ޒަކާތުގެ ނިޞާބް 5033.70ރ. އަށް އިތުރުވެއްޖެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކުރިން މުދަލުގެ ޒަކާތުގެ ނިޞާބަކީ 4944.40ރ. ނަމަވެސް މި މަހުން ފެށިގެން އެ އަދަދު 5033.70ރ. އަށް އިތުރުވެފައިވާ ކަމަށެވެ.

ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެ އެވެ. ޕަސެންޓްގެ ގޮތުން ނަމަ އެއީ 2.5 ޕަސެންޓެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނަށް 14.6 މިލިއަން ރުފިޔާ ބަހައިފަ އެވެ.

ފަގީރުންގެ ގޮތުގައި މުޅި ރާއްޖެއިން 16،269 މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ޖޫން 2016 އިން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަމުން އަންނަނީ މީރާ އިންނެވެ. އަދި އޮންލައިންކޮށް ވެސް ޒަކާތް ދެއްކެ އެވެ.