ސައިރިކްސް ކޮލެޖް އެމެރިކާގެ އޮރެކުލް އެކެޑަމީއާ ގުޅިއްޖެ
ސައިރިކްސް ކޮލެޖް އެމެރިކާގެ އޮރެކުލް އެކެޑަމީއާ ގުޅިއްޖެ

އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެމެރިކާގެ އޮރެކުލް އެކެޑަމީއާ، ސައިރިކްސް ކޮލެޖު ގުޅިއްޖެ އެވެ.

ސައިރިކްސް ކޮލެޖް އެމެރިކާގެ އޮރެކުލް އެކެޑަމީއާ ގުޅިއްޖެ
ސައިރިކްސް ކޮލެޖް އެމެރިކާގެ އޮރެކުލް އެކެޑަމީއާ ގުޅިއްޖެ

އެ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެތަނުގެ ވައިސް ރެކްޓާ މުހައްމަދު ޝަރީފު ވިދާޅުވީ އެމެރިކާގެ އޮރެކުލް އެކަޑެމީއާ ގުޅުމުން، އެ ކޮލެޖަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން އަންނާނެ ކަމަށެވެ.

ޝަރީފު ވިދާޅުވީ އޮރެކުލްއާ ގުޅުމުން، އެ އެކަޑެމީއާ އެއް ފެންވަރަށް އެ ކޮލެޖުގެ ކޯސްތައް ވެސް ބަދަލުކުރާނެ ކަމަށެވެ.

"ހަޔަ އެޑިއުކޭޝަންގެ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ވަރަށް މުހިއްމު ފިޔަވަޅެއް މި އެޅިގެން ދިޔައީ. އޮރެކުލް އެކަޑެމީއަކީ ކޮމްޕިއުޓާ ސައިންސްގެ އާ އީޖާދުތަކާއި އޭގެ ހުނަރުތަކާއި އިނޮވޭޝަން އާއި ސްކިލްސްތައް ގެނައުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ދާ ފަރާތެއް،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮރެކުލް އެކަޑެމީގެ ޕްރޮގްރާމްތައް 119 ގައުމެއްގައި ހިންގާއިރު ތިން މިލިއަނަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ސައިރިކްސްގެ ދަރިވަރުން ހިމެނޭކަަން ވެސް ޝަރީފު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ކޮލެޖުގައި މީގެ ކުރިން ވެސް އަންނަނީ އޮރެކުލްގެ ޕްރޮގްރާމްތައް ހިންގަމުން. ޖާވާ ޕްރޮގްރާމިންނާއި އޮރެކަލް ޑޭޓާ ބޭސް ޓެކްނޮލޮޖީ މިދަނީ ޒަމާނުއްސުރެ ކިޔަވައިދެމުން. ނަމަވެސް އޮރެކުލް އެކަޑެމީއާ ގުޅުމުގެ ސަބަބުން މި ސޮފްޓްވެއާތައް އަޅުގަނޑުމެންގެ ފެކަލްޓީއަށާއި ލެބްތަކަށް އަދި ކުދިންނަށް އެޑިއުކޭޝަންގެ ބޭނުމަށް ލިބިގެންދިޔައީ،" ޝަރީފް ވިދާޅުވި އެވެ.

މިހާރު ވެސް ކިޔަަވައިދެމުން އަންނަ ޕްރޮގްރާމްތައް، ދުނިޔޭގެ ފެންވަރަށް ތަރައްގީކުރުމުގެ ފުރުސަތު، އޮރެކުލް އެކަޑަމީއާ ގުޅުމުން ލިބިފައިވާ ކަމަށާއި އެހެންވެ މިހާރު ވެސް ކިޔަވައިދޭ މާއްދާތައް އަޕްގްރޭޑް ކުރާނީ އޮރެކުލް އެކަޑެމީގެ ކަރިކިއުލަމްތަކަށް ކަމަށް ޝަރީފް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮލެޖުގެ ސްޓޫޑެންޓް އޮފް ޑީން އަނިލް އާދަމް ވިދާޅުވީ މިއަހަރުގެ ތެރޭގައި އެ ކޮލެޖަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ކިޔަވައިދެމުން އަންނަ ކޯސްތަކުގެ ފެންވަރު ރަނގަޅުކޮށް، އާ ކަންތައްތަކެއް ތައާރަފުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އައިޓީގެ މަސައްކަތްތަކުގައި އަދި ވެސް ބިދޭސީން އެބަތިބި ކަމަށާއި ނަމަވެސް އެއީ ތަމްރީނާއި ތައުލީމް ފޯރުކޮށްދީފި ނަމަ ދިވެހީންނަށް ލިބިގެންދާނެ ފުރުސަތެއް ކަމަށެވެ.