17 ފެބުރުއަރީ 2018 - 07:46

ސްމާޓްފޯނުތަކުން ގޭމް ކުޅުން އާންމުވުމުގެ ކުރިން އެންމެ ގިނަ ބަޔަކު ގޭމް ކުޅެމުން އައީ އަތަށް ހެޔޮވަރުކޮށް ހަދާފަ ހުންނަ ގޭމް ސިސްޓަމަތަކުންނެވެ. އޭރުގެ ނަމުން ނަމަ ގޭމް ބޯއިތަކުންނެވެ. އަނެއްކާ ވެސް އޭރުގެ ހަނދާންތައް އާކޮށްދެނީ ޕޮކެޓްސްޕްރައިޓްއެވެ.

ތަޅުދަނޑިފުލުގައި ލައްވާލެވޭހާ މި ކުޑަކުޑަ ގޭމް ސިސްޓަމްގައި ގޭމްބޯއި އާއި ގޭމްބޯއި ކަލޒް އާއި ސްގާ މާސްޓަ ސިސްޓަމް އާއި ގޭމް ގިޔާގެ ހުރިހާ ގޭމްތަކެއް ކުޅެވެން ހުރެއެވެ. ބޭނުމިއްޔާ އިތުރަށް ގޭމް އަޅާނެ ޖާގަވެސް އެބަހުއްޓެވެ. ޕޮކެޓްސްޕްރައިޓްގައި އޯލެޑް ކުލަ ސްކްރީނަކާއި 8 ބިޓް ސްޕީކަރެއް ހިމެނެއެވެ. މީގެ ރޭމްގަރި ހުންނަނީ 520 ކިލޯބައިޓެވެ.
މި ކުޑަކުޑަ ޕޮކެޓްސްޓްރައިޕްގައި ހުރި ގޭމްތަކުގެ އިތުރަށް ގޭމް އަޅަން ވަރަށް ފަސޭހައެވެ. ވައިފައި ނެޓްވޯކާ ގުޅުވާލައިގްން ވިންޑޯޒް އިން، މެކުން ނުވަތަ ލިނަކްސް އަކުން ވެސް މިއަށް ގޭމް އަޕްލޯޑުކުރެވެއެވެ. އަދި ވަގުތުން ކުޅެން ފަށަންވީ އެވެ. ގޭމެއްގެ މެދުތެރޭން ހުއްޓާލަން ޖެހުނަސް ހާސްކަމެއް ނެތެވެ. އަލުން ފަށާނީ ނިންމާލި ހިސާބުންނެވެ.
މެއި މަހު ވިއްކަން ފެށޭނެ ކަމަށް އުއްމީދުކުރާ ޕޮކެޓްސްޓްރައިޕް ވިއްކާނީ ބެލެވޭ ގޮތުގައި 55 ޑޮލަރުން ފެށިގެން މަތީގަ އަގުތަކެއްގަ އެވެ.