ވައްތަރު މީހަކު ފެނުމުން ޕްރިޔަންކާ ވެސް ހައިރާންވެއްޖެ
ވައްތަރު މީހަކު ފެނުމުން ޕްރިޔަންކާ ވެސް ހައިރާންވެއްޖެ

ޕްރިޔަންކާ ޗޯޕްރާއާ ވަރަށް ވައްތަރު އަންހެނެއްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެ އެ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. ޕްރިޔަންކާ ވެސް ހުރީ މި ފޮޓޯތައް ފެނި ހައިރާން ވެފަ އެވެ.

ވައްތަރު މީހަކު ފެނުމުން ޕްރިޔަންކާ ވެސް ހައިރާންވެއްޖެ
ވައްތަރު މީހަކު ފެނުމުން ޕްރިޔަންކާ ވެސް ހައިރާންވެއްޖެ

އެންމެންވެސް ގަބޫލުކުރާ ގޮތުގައި ނަވްޕްރީތު ބަންގާ ނަމަކަށް ކިޔާ މި މީހާ ޕްރިޔަންކާއާ ވަރަށް ވައްތަރެވެ. ނަވްޕްރީތު އަކީ ވެންކޫވާގައި ދިރިއުޅޭ ފިޓްނަސް ވީޑިއޯ ބްލޮގާ އެކެވެ. ނަވްރީތާ ވައްތަކު ކަމަށް ޕްރިޔަންކާ ވެސް ވަނީ އެއްބަސްވެފަ އެވެ.

ޕްރިޔަންކާ ވަނީ އޭނާގެ މަންމައަށް ވެސް އެ ފޮޓޯތައް ދައްކާފަ އެވެ. މަންމަ އަށް ވެސް އޮޅުން އަރާ ވަރު ވި އެވެ.

ޕްރިޔަންކާ އޭނާ އާއި ނަވްޕްރީތުގެ ފޮޓޯއަކާ އެކު އިންސްޓަގްރާމް ކޮށްފައިވާ ލިޔުންކޮޅުގައި ބުނެފައި ވަނީ އެ ފޮޓޯތައް މަންމައަށް ދެއްކުމުން މަންމަ ވެސް މޮޔަ ނުހެދުނީ ހަމަ ކިރިޔާ ކަމަށެވެ. ނަވްޕްރީތު ބަންގާ އަކީ ހަމަ ހަގީގަތުގައި ވެސް އޭނާއާ ވަރަށް ވައްތަރު މީޙެއް ކަމަށާއި ނަމަވެސް މަންމައަކަށް އޭނާގެ ދަރިފުޅު ނޯޅޭނެ ކަމަށް ޕްރިޔަންކާ ބުނެފައިވެ އެވެ.

ޕްރިޔަންކާ މިހާރު އުޅެނީ އޭނާގެ އެމެރިކަން ޓީވީ ޝޯ "ކުއަންޓިކޯ" ސީޒަން 2 ގެ ޝޫޓިންގައި ލޮސް އެންޖަލިސްގަ އެވެ.