13 ފެބުރުއަރީ 2018 - 20:07

ޕީޕީއެމަށް ތާއިދުކުރާ ގިނަ ބައެއްގެ ޓްވިޓާ އެކައުންޓްތައް މިއަދު ސަސްޕެންޑް ކޮށްފި އެވެ.
ގްރައުންޑްވިއުސް ނަމަކަށް ކިޔާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ވަނީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ރާއްޖޭގެ ހާލަތު ސިއްރުކޮށް ދޮގު ހަބަރު ފަތުރަމުންދާ ކަން ފާހަގަކޮށްފަ އެވެ. އެގޮތުން #މޯލްޑީވްސްއިންކްރައިސަސް ގެ ހޭޝްޓެގް ބޭނުންކޮށްގެން ރާއްޖޭގެ އަތިރިމައްޗާއި ރިސޯޓުތަކާއި ހޮޓެލް ފަދަ ތަންތަނުގެ ފޮޓޯ ބޭނުންކުރަމުންދާ ކަމަށް ބުންޏެވެ.
ސަސްޕެންޑް ކޮށްފައިވާ އެކައުންޓްތަކުގެ ތެރޭގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމާއި އަސުރުމާ އަދި ބައެއް ކޯޑިނޭޓަރުންގެ ޓްވިޓާ އެކައުންޓްތައް ހިމެނެ އެވެ.
ޕީޕީއެމަށް ތާއީދުކުރާ ގިނަ ބައެއްގެ ޓްވީޓާ އެކައުންޓްތައް ސަސްޕެންޑްކޮށްފައި މިވަނީ، ސުޕްރީމް ކޯޓުގެ އަމުރާއެކު ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައި ވަނިކޮށެވެ.
އެގޮތުން ސޯޝަލް މީޑިއާ އަދި ވަކިން ހާއްސަކޮށް ޓްވީޓާގައި އެއް ބަޔަކު އަނެއް ބަޔަކަށް ރައްދުކޮށް ތަފާތު އެއްޗެހިތައް ޓްވީޓްކުރަމުންގެންދެ އެވެ.