13 ފެބުރުއަރީ 2018 - 19:29

މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައި ބަންގްލަދޭޝް މީހެއްގެ އަތުން މަސްތުވާ ގުޅަތަކެއް ހޯދައިފި އެވެ.
ކަސްޓަމުން މިއަދު ބުނީ ބިދޭސީ މީހާ ގެނައި ދަބަހުގައި އޮތް ފުޅިތަކަކުން ފެނުނު ގުޅަތައް ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމައިން އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ ފުޅިތަކުގައި 302 ގުޅަ ރައްކާކޮށްފައިވާ ކަމަށް ފުލުހުން ކަސްޓަމުން ބުންޏެވެ.
މި ގުޅަތައް ރާއްޖެ އެތެރެކުރަން އުޅުނު މީހާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ބޭރުކުރުމުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.