ބީއައިޓީ މިލާން ފެއާގައި ރާއްޖޭގެ ނުވަ ކުންފުންޏެއް
ބީއައިޓީ މިލާން ފެއާގައި ރާއްޖޭގެ ނުވަ ކުންފުންޏެއް

ބީއައިޓީ މިލާން ފެއާގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ނުވަ ކުންފުންޏަކުން 19 މީހަކު ބައިވެރިވެއްޖެ އެވެ.

ބީއައިޓީ މިލާން ފެއާގައި ރާއްޖޭގެ ނުވަ ކުންފުންޏެއް
ބީއައިޓީ މިލާން ފެއާގައި ރާއްޖޭގެ ނުވަ ކުންފުންޏެއް

އިޓަލީގެ ފިއެރާ މިލާނޯ އިން އިންތިޒާމްކޮށްގެން އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ބާއްވާ މި ފެއާގައި ރާއްޖޭގެ ސްޓޯލެއް ގާއިމުކޮށްފައިވެ އެވެ. ފަސްދޮޅަސް އަކަމީޓަރުގެ ބޮޑުމިނުގެ އެ ސްޓޯލް ހަދާފައި ވަނީ ފެއާ ބާއްވާ ވޯލްޑް ޕެވިލިއަން ހޯލުގެ ފުރަތަމަ ފްލޯގަ އެވެ.

އެ ފެއާގެ ފުރަތަމަ ދުވަސް ހާއްސަކޮށްފައި އޮތީ އާއްމުންނަށެވެ. އަދި ދެ ވަނަ ދުވަހާއި ތިން ވަނަ ދުވަސް ހާއްސަކޮށްފައި އޮތީ އިންޑަސްޓްރީގެ މީހުންނަށާއި ޓުއާ އޮޕަރޭޓަރުންނަށެވެ.

މި ފެއާގައި ތަފާތު ވައްތަރުގެ ކެއުން ބުއިމާއި ވެޑިން އާއި ހަނީމޫން ޕެކޭޖްތައް ޕްރޮމޯޓްކުރަން އޮޕަރޭޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެ ފެއާގައި ބައިވެރިވި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ އިޓަލީއަކީ ރާއްޖޭގެ ޓޫރިޒަމް މާކެޓްގައި ވަރަށް މުހިންމު މަންޒިލެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު 88،484 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި އެއީ 2016 ވަނަ އަހަރާ އަޅައިބަލާއިރު 24.8 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

އިޓަލީއަކީ ރާއްޖެއަށް ހަތަރު ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.