ވީޑިއޯ ގޭމާއި ލެގޯ ކުޅުމުން ކުދިންގެ ހުނަރު އިތުރުވޭ
ވީޑިއޯ ގޭމާއި ލެގޯ ކުޅުމުން ކުދިންގެ ހުނަރު އިތުރުވޭ

ވީޑިއޯ ގޭމަކީ މިހާރު ގިނަ ބަޔަކު މުނިފޫހިފިލުވަން އެންމެ ގިނައިން ކުޅޭ ކުޅިވަރެވެ. ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ވީޑިއޯ ގޭމް ކުޅެގެން ހިތަށް އުފާ ހޯދަ އެވެ. ގިނަ މީހުން ވީޑިއޯ ގޭމް ކުޅެނީ ސްޓްރެސް ނުވަތަ ރުޅި އާ ދުރުހެލިވުމަށެވެ. އަދި ކިޔަވާ ކުދިން ވެސް ކިޔަވާ ކިޔާވާ ވަރުބަލިވުމުން އިރުކޮޅަކު ވީޑިއޯ ގޭމް ކުޅެލަން ބޭނުންވެ އެވެ.

މިއީ ޑިޕްރެޝަނަށް ވެސް ރަނގަޅު ފަރުވާއެއް ކަމަށްވެ އެވެ. އަދި ފަހުގެ ހޯދުމަކުން ހާމަވެފައިވާ ގޮތުގައި ވީޑިއޯ ގޭމާއި ލެގޯސް އަކީ ކުޑަކުދިން ކުޅެން ދޭން ވަރަށް ރަނގަޅު އެއްޗެކެވެ. ސަބަބަކީ އޭގެ ސަބަބުން ކުދިންގެ ސައިންސާއި އިންޖިނިއަރިން ފަދަ ހުނަރުތައް އިތުރުވާތީ އެވެ.

ސައިންސްވެރިން ބުނަނީ ކުދިންގެ ސްޕޭޓިއަލް ހުނަރުތަކުގެ ތެރޭގައި ހިމެނޭ އަމިއްލައަށް ވިސްނައިގެން އޮބްޖެކްޓްތައް ކޮޅުކޮޅަށް ދުއްވުމާއި ގެއްލުވާލުން ފަދަ ވީޑިއޯ ގޭމްތަކުގައި ކުޅޭ ކުޅިވަރުތައް ކުޑައިރު ކުޅުމުން އެ ކުދިންގެ ހުނަރުވެރިކަން އިތުރުވާ ކަމަށެވެ.

ސްކޫލަށް ދާން ފެށުމުގެ ކުރިން ވެސް މިފަދަ ވީޑިއޯ ގޭމްތައް ކުދިން ކުޅޭނަމަ އެ ކުދިންގެ ސައިންސާއި ޓެކްނޮލޮޖީ އަދި ހިސާބު އިލްމާއި އިންޖިނިއަރިން ހުނަރު އިތުރުވާނެ ކަމަށް ބުނެފައިވެ އެވެ.

ޖާނަލް ޖިއޯސްފިއާގައިވާ މި ހޯދުމަށް، އަންޑަގްރެޖުއޭޓް ކުދިންގެ އެތައް ސަަތޭކަ ކުދިންނެއް ސާވޭ ކުރި އެވެ. މި ސާވޭއިން ކުދިންގެ ސްޕޭޓިއަލް ސްކިލްސް ވަރަށް ބޮޑަށް ފެތުރިފައި ހުރިކަން ހާމަވި އެވެ. ލިޔުމުން ދިން ސްޕޭޓިއަލް-ނޮލެޖް ޓެސްޓުން ކުދިން ވަރަށް މަަތިން ހޯދާފައިވެ އެވެ.

މި ހުރިހާ ކުދިންނަކީ ގްރޭޑް 12 ފުރިހަމަ ކޮށްފައިވާ ކުދިންނެވެ. ގްރޭޑް ސްކޫލްތަކުގައި ސްޕޭޓިއަލް ސްކިލްސް ކިޔަވައިދިން ނަމަވެސް މިހާ ރަނގަޅަށް މިކުދިންގެ ކިބައިގައި މި ހުނަރު ހުންނާނެ ކަމަށް ނުބެލެވޭ ކަން ސައިންސްވެރިން ފާހަގަކޮށްފައިވެ އެވެ.

"މިކުދިން ކުޑައިރު ނުވަތަ ސްކޫލުން ބޭރުގައި ކޮންމެވެސް ކަންތައްތަކެއް ދިމާވެފައި ހުރުމުން މި ކުދިންނަކީ މާ ރަނގަޅަށް ސްޕޭޓިއަލް ހުނަރު ލިބިފައިވާ ކުދިންނަށް ވެފައިވަނީ،" މި ހޯދުމުގައި މަސައްކަތް ކުރެއްވި ސައިންސްވެރިއަކު ވިދާޅުވި އެވެ.

ޔުނިވަސިޓީ އޮފް ކޮލަރާޑޯ އާއި އިތުރު ޔުނިވަސިޓީތަކެއްގެ ސައިންސްވެރިން ހޯދި އެހެން ހޯދުމަކަށް ޔުނިވަސިޓީ އަންޑަގްރެޖުއޭޓް 345 ކުއްޖަކަށް ކަރުދާހުގައި ލިޔަން ޓެސްޓެއް ދިނެވެ. މި ކުދިންނަށް ދީފައިވާ މަލްޓިޕްލް ޗޮއިސްތަކުގެ ޖަވާބު ލިޔަން ޖެހުނީ ސިކުނޑީގެ ބޭނުންކޮށްގެން، ޝޭޕްތަކެއް ކޮޅުކޮޅަށް އަނބުރައި ދުއްވައިގެންނެވެ.

ހޯދުމުގެ ނަތީޖާ ދެއްކި ގޮތުން ކުޑައިރު ވަކި ވައްތެއްގެ ވީޑިއޯ ގޭމާއި ލެގޯ ކަހަލަ ކޮސްޓްރަކްޝަން-ބޭސްޑް ކުޅޭއެއްޗެތި ކުޅުނު ކުދިންގެ ސްޕޭޓިއަލް ހުނަރު މާ ބޮޑަށް ވެސް އިތުރެވެ. އަދި މި ޓެސްޓުން އަންހެން ކުދިންނަށް ވުރެ ފިރިހެންކުދިން މާ މަތިން ސްކޯ ކުރި އެވެ. ނަމަވެސް ކުޑައިރު ވީޑިއޯ ގޭމާއި ލެގޯ ކުޅެފައި ހުރި އަންހެންކުދިން ފިރިހެންކުދިންނާ އެއްވަރަކަށް ސްކޯ ކުރި އެވެ.