އައިއެސްގެ މައްޗަށް ހޯދި ކާމިޔާބީ ފާހަގަކުރަން އިރާގުގައި ޕެރޭޑެއް ބާއްވައިފި
އައިއެސްގެ މައްޗަށް ހޯދި ކާމިޔާބީ ފާހަގަކުރަން އިރާގުގައި ޕެރޭޑެއް ބާއްވައިފި

ބަޣުދާދު (ޖުލައި 14) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ މައްޗަށް ހޯދަމުންދާ ކާމިޔާބީ ފާހަގަކުރުމަށް އިރާގުގައި މިއަދު ޕެރޭޑެއް ބާއްވައިފި އެވެ.

އައިއެސްގެ މައްޗަށް ހޯދި ކާމިޔާބީ ފާހަގަކުރަން އިރާގުގައި ޕެރޭޑެއް ބާއްވައިފި
އައިއެސްގެ މައްޗަށް ހޯދި ކާމިޔާބީ ފާހަގަކުރަން އިރާގުގައި ޕެރޭޑެއް ބާއްވައިފި

ޕެރޭޑް ހުރަސްކޮށް ދިޔަ އިރު ބޮޑު ވަޒީރު ހައިދަރު އަލް-އަބާދީ ވަނީ ތަހުރީރު މައިދާނުގެ ޕެވިލިއަންގައި ހުންނަވައިގެން ޕެރޭޑް ބައްލަވައިފަ އެވެ. މައިދާނުގެ މަތިން ވަނީ އަސްކަރީ ޖެޓްތަކާއި ހެލިކޮޕްޓަރުތައް ވެސް ދަތުރުކޮށްފަ އެވެ.

އައިއެސްގެ މައްޗަށް ހޯދި ކާމިޔާބީ ފާހަގަކުރަން އިރާގުގައި ޕެރޭޑެއް ބާއްވައިފި
އައިއެސްގެ މައްޗަށް ހޯދި ކާމިޔާބީ ފާހަގަކުރަން އިރާގުގައި ޕެރޭޑެއް ބާއްވައިފި

ދިފާއީ ވުޒާރާގެ ތަރުޖަމާން ބްރިގޭޑިއާ ޖެނެރަލް ތަހުސީން އިބްރާހިމް ވިދާޅުވީ ޕެރޭޑް ބޭއްވީ ފައްލޫޖާ އާއި ރަމާދީ އަދި އައިއެސްގެ ބާރުގެ ދަށުގައިވާ އެހެން ސިޓީތައް ހިފުމުގެ އުފާ ފާހަގަކުރަން ކަމަށެވެ.

އެކަމަކު މި ޕެރޭޑާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ވަނީ ތަފާތު ގޮތްގޮތަށް ޚިޔާލު ފާޅުކުރަން ފަށައިފަ އެވެ. އެއް ބަޔަކު ބުނި ގޮތުގައި މިއީ ހުކުރު ދުވަހު ބާއްވަން އުޅޭ އިހުތިޖާޖަށް ދިން މެސެޖެކެވެ. މި އިހުތިޖާޖް ފަސްކުރަން އަބާދީ ވަނީ ގޮވާލައްވައިފަ އެވެ. އަނެއް ބަޔަކު ތުހުމަތު ކުރަނީ އެއީ އަސްކަރީ އިންގިލާބެއް ކަމަށެވެ.

ބަޣުދާދުގެ ހުޅަނގުން 30 މޭލު ދުރުގައި އޮންނަ ފައްލޫޖާ ހިފިކަން އިރާގު ސަރުކާރުން އިއުލާންކުރީ މިދިޔަ މަހު ފަހުކޮޅު އެވެ. އަންބާރު ޕްރޮވިންސްގެ ވެރިރަށް ރަމާދީ ހިފީ މިދިޔަ ޑިސެމްބަރު މަހު އެވެ. އިރާގު ސަރުކާރުން ދާދި ފަހުން ވަނީ މޮސޫލްއާ ކައިރީގައި އޮންނަ ވައިގެ މަރުކަޒެއް ހިފައިފަ އެވެ.

އިރާގުގެ ބައެއް ރަށްތައް އައިއެސް އިން ހިފާފައި ވަނީ ޖޫން، 2014 ގަ އެވެ.