އިންޑިއާގައި ޓީޗަރަކު ޖެހުމުން ދަރިވަރަކު މަރުވެއްޖެ
އިންޑިއާގައި ޓީޗަރަކު ޖެހުމުން ދަރިވަރަކު މަރުވެއްޖެ

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ބާލިއާ ކިޔާ ސަރަހައްދެއްގައި ހުންނަ ޕްރައިވެޓް ސްކޫލެއްގެ ޓީޗަރަކު 11 އަހަރުގެ ދަރިވަރެއްގެ ގައިގައި ޖެހުމުން އެ ކުއްޖާ މަރުވެއްޖެ އެވެ.

ރަޖްނީ އުޕަދްޔޭ ނަމަކަށް ކިޔާ މި ޓީޗަރު ހައްޔަރުކުރުމުގެ އަމުރެއް މިހާރު ނެރެފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާ އަށް ވިދާޅުވެފައިވެ އެވެ. މި މީހާ އާ ދެކޮޅަށް ޝަކުވާ ހުށަހަޅާފައިވަނީ ގަސްތުގައި އަނިޔާދިނުމުގެ ސަބަބުން އެ ކުއްޖާ މަރުވުމުންނެވެ.

މަރުވި ކުއްޖާގެ އާއިލާގެ މީހުން ބުނި ގޮތުގައި ގްރޭޑް 5 ގައި ކިޔަވާ މި ކުއްޖާގެ ގައިގައި މި މަހުގެ ފަސް ވަނަ ދުވަހު ޓީޗަރު ޖެހުމުން އެ ކުއްޖާ ހޭނެތިގެން ބިންމައްޗަށް ވެއްޓުނީ އެވެ. ފަހުން ކުއްޖާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެނިކޮށް ދެ ދުވަސް ފަހުން މަރުވީ އެވެ.

އާއިލާގެ މީހުން ވަނީ ކުއްޖާގެ ހަށިގަނޑު ހިފައިގެން ސްކޫލް ކައިރިއަށް އެއްވެ ސްކޫލާ ދެކޮޅަށް ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފަ އެވެ.