އެސްޓީއޯ ސުޕަމާޓުން ޗޮކްލެޓް ޕްރޮމޯޝަނެއް ފަށައިފި
އެސްޓީއޯ ސުޕަމާޓުން ޗޮކްލެޓް ޕްރޮމޯޝަނެއް ފަށައިފި

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން އެސްޓީއޯ ސުޕަމާޓުން "ޗޮކްލެޓް ފެސްޓް" ގެ ނަމުގައި ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެސްޓީއޯ ސުޕަމާޓުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ތަފާތު ބްރޭންޑްތަކުގެ ޗޮކްލެޓުން ޑިސްކައުންޓް ލިބޭނެ އެވެ. އަދި ޕްރޮމޯޝަންގެ މުއްދަތުގައި 250ރ. އަށް ވުރެ މަތިން ޗޮކްލެޓްގެ ވިޔަފާރި ކުރާ މީހުންނަށް ވަރަށް ޚާއްސަ އިނާމުތަކަކާއެކު ލަކީޑްރޯއެއް ކުރިއަށް ގެންދާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

ލަކީޑްރޯގައި ޗޮކްލެޓްގެ ތަފާތު ވައްތަރުތައް ހިމެނޭ ގޮތަށް ތިން މީހަކަށް ގިފްޓް ޕެކްތަކެއް ލިބޭނެ އެވެ. މީގެ އިތުރުން ޕްރޮމޯޝަންގެ ތެރެއިން ތަފާތު ވައްތަރުގެ ޗޮކްލެޓްގެ ރަހަ ބަލަން ބޭނުންވާ މީހުންނަށް އެކި ގަޑި ތަކުގައި އެ ފުރުސަތު ވެސް ހުޅުވާލާފައި ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮންމެ އަހަރަކު ވެސް ގިނަ ބައެއްގެ ތަރުހީބު ލިބޭ މި ޕްރޮމޯޝަންގައި ހަމައެކަނި ޗޮކްލެޓް ފެސްޓަށް ޚާއްސަ ކޮށްގެން އާ ވައްތަރުގެ ޗޮކްލެޓްތައް އާންމު ކުރުމަށް ވަނީ ނިންމައިފަ އެވެ.

އެސްޓީއޯ އިން މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް ޗޮކްލެޓް އެތެރެކޮށް، ވިއްކާ ވީބީ، ޔޫރޯ އަދި ސީންކޯއާ ގުޅިގެންނެވެ.