ވަޒީފާގެ 800 ފުރުސަތުތަކާއެކު ޔޫތު ޗެލެންޖް ފަށައިފި
ވަޒީފާގެ 800 ފުރުސަތުތަކާއެކު ޔޫތު ޗެލެންޖް ފަށައިފި

ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތަކާއެކު، ރާއްޖޭގައި މިހާތަނަށް ބާއްވާ ވަޒީފާގެ އެންމެ ބޮޑު ފެއާ، ޔޫތު ޗެލެންޖު ރޭ ފަށައިފި އެވެ.

ވަޒީފާގެ 800 ފުރުސަތުތަކާއެކު ޔޫތު ޗެލެންޖް ފަށައިފި
ވަޒީފާގެ 800 ފުރުސަތުތަކާއެކު ޔޫތު ޗެލެންޖް ފަށައިފި

ޔޫތު ޗެލެންޖު ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، އެ ފެއާގައި ބައިވެރިވެފައިވާ ކުންފުނިތަކާއި ޖަމިއްޔާތަކާއި ރިސޯޓުތަކުން 800 އެއްހާ ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށެވެ.

ވަޒީފާގެ 800 ފުރުސަތުތަކާއެކު ޔޫތު ޗެލެންޖް ފަށައިފި
ވަޒީފާގެ 800 ފުރުސަތުތަކާއެކު ޔޫތު ޗެލެންޖް ފަށައިފި

އޭނާ ވިދާޅުވީ ޔޫތު ޗެލެންޖާއެކު ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ތަފާތު ތަމްރީން ޕްރޮގްރާމްތަކާއެކު ޒުވާނުންނަށް 2،000 އަށް ވުރެ ގިނަ ފުރުސަތު ފަހިކޮށްދޭނެ ކަން ވެސް ޔޫތު މިނިސްޓްރީން ފާހަގަކުރި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޔޫތު ޗެލެންޖުގެ ބޭނުމަކީ ޒުވާނުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާއި ވިޔަފާރީގެ ދާއިރާގައި އެ މީހުންނަސް ފުރުސަތުތައް ފަހިކޮށްދިނުމެވެ.

ޔޫތު ޗެލެންޖު އޮންނާނީ މިއަދާއި މާދަމާގެ ނިޔަލަށެވެ. މިއަދުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް އަދި މާދަމާ ރޭ ވެސް ރޭގަނޑު 11 ޖަހަންދެން ޔޫތު ޗެލެންޖު ފެއާ ހުޅުވިފައި ހުންނާނެ ކަމަށް މިނިސްްޓްރީން ބުންޏެވެ.

މި އަހަރުގެ ޔޫތު ޗެލެންޖުގައި 88 ސްޓޯލް ބަހައްޓާފައި ވެ އެވެ.