ޕީޕީއެމަށް ހަ ދުވަސް ތެރޭގައި 4،000 މީހުން
ޕީޕީއެމަށް ހަ ދުވަސް ތެރޭގައި 4،000 މީހުން

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދާ ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމު ކޯޓުން އަމުރު ނެރުނު ފަހުން، ވޭތުވެ ދިޔަ ހަ ދުވަސް ތެރޭގައި 4،000 މީހުން ޕީޕީއެމާ ގުޅިފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ޕީޕީއެމަށް ހަ ދުވަސް ތެރޭގައި 4،000 މީހުން
ޕީޕީއެމަށް ހަ ދުވަސް ތެރޭގައި 4،000 މީހުން

ޕީޕީއެމާ އަލަށް ގުޅުނު މީހުންގެ ފޯމުތައް، ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕާޓީގެ ނައިބު ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ގިނަ ބަޔަކު ތިބީ އިދިކޮޅު ފަރާތްތަކާ އެކުގައި ކަމަށް އެ މީހުން ބުނި ނަމަވެސް، ހަ ދުވަސް ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު އަލަށް ޕީޕީއެމާ ގުޅުމުން ރައްޔިތުން ތިބީ ކޮން ބަޔަކާ އެކު ކަން އެނގިއްޖެ ކަމަށެވެ. އަދި މިއީ އިދިކޮޅު ފަރާތްތަކަށް ލިބުނު ވަރުގަދަ މެސެޖެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމަށް ހަ ދުވަސް ތެރޭގައި 4،000 މީހުން
ޕީޕީއެމަށް ހަ ދުވަސް ތެރޭގައި 4،000 މީހުން

"މި ދިމާވި ކަންތައްތަކުން އަޅުގަނޑުމެންނަށް ކުޑަ ވެސް އަސަރެއް ނުކުރާނެ. އިތުރަށް ވަރުގަދަވީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތް ހުއްޓާލާނީ، ރިޔާސީ އިންތިހާބުކޮށް، ދެ ވަނަ ދައުރަކަށް ރައީސް ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު،" ރައީސްގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމަށް ހަ ދުވަސް ތެރޭގައި 4،000 މީހުން
ޕީޕީއެމަށް ހަ ދުވަސް ތެރޭގައި 4،000 މީހުން

އޭނާ ވިދާޅުވީ ސުޕްރީމު ކޯޓުގެ އަމުރާ ގުޅިގެން ކުރިމަތިވި ކަންތައްތަކުން އިދިކޮޅުގައި ވެރިކަން ކުރެވޭނެ ފަދަ ގާބިލްކަމެއް ނެތްކަން އެނގިއްޖެ ކަމަށާއި އެއީ ގައުމާއި ގައުމުގެ އަމާންކަމާއި މިނިވަންކަމަށް ވުރެ އަމިއްލަ އެދުންތަކަށް އިސްކަންދޭ ބައެއް ކަމަށެވެ.

ޕީޕީއެމަށް ހަ ދުވަސް ތެރޭގައި 4،000 މީހުން
ޕީޕީއެމަށް ހަ ދުވަސް ތެރޭގައި 4،000 މީހުން

ގައުމުގައި ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ނަން ވިދާޅު ނުވެ އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވަރަށް މަތިވެރި ހިދުމަތްތަކެއް ކޮށްދެއްވާފައި، ގާޒީންގެ ޝަރަފާއި ނިޝާން ޣާޒީގެ ލަގަބް ހޯއްދެވުމަށް ފަހު، އަނެއް ދުވަހު ވިޔާނުދާ ކަޅު ލިސްޓެއްގައި އެ ނަން ލިޔަން ޖެހުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ. އަދި ގައުމަށް ހެޔޮނޭދޭ، ރާއްޖޭގައި މިނިވަންކަން އޮންނަން ބޭނުން ނުވާ ބައެއްގެ އަވައިގައި ޖެހި ގާފިލްވެގެން ދިޔުމަކީ ވެސް ވިސްނާލަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމަށް ހަ ދުވަސް ތެރޭގައި 4،000 މީހުން
ޕީޕީއެމަށް ހަ ދުވަސް ތެރޭގައި 4،000 މީހުން

"އެހެންވެ 2018ގެ އިންތިހާބާ ކުރިމަތިލާއިރު ރައްޔިތުންނަށް ސާފުވާން ޖެހޭ އޭގެ ތެރެއިން ވެރިކަމަށް ގެންނަން ޖެހެނީ ކާކުކަން، އެއީ ކީއްވެކަން، ވެރިކަމަށް އަންނަ މީހެއްގެ ހުންނަން ޖެހެނީ ކިހާވަރެއްގެ ސާބިތުކަމެއްކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމަށް ހަ ދުވަސް ތެރޭގައި 4،000 މީހުން
ޕީޕީއެމަށް ހަ ދުވަސް ތެރޭގައި 4،000 މީހުން

އޭނާ ވިދާޅުވި ގޮތުގއި ރާއްޖޭގައި ވެރިކަން ކުރެއްވި 99 ވެރިންނަށް ވުރެ، ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ރައީސް ޔާމީން ކުރެއްވި ކަންތައްތައް ގިނަ އެވެ. އެއީ އިތުރު ދައުރަކަށް އެމަނިކުފާނު އިންތިހާބު ކުރަން ޖެހޭ ސަބަބު ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޕީއެމަށް ހަ ދުވަސް ތެރޭގައި 4،000 މީހުން
ޕީޕީއެމަށް ހަ ދުވަސް ތެރޭގައި 4،000 މީހުން

އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރު ދައްކާ ގޮތުގައި ޕީޕީއެމްގެ މެމްބަރުންގެ އަދަދަކީ 40،280 އެވެ. އެންމެ ގާތުން ވާދަކުރާ ޕާޓީ، އެމްޑީޕީގެ މެމްބަރުންގެ މިހާރުގެ އަދަދަކީ 29،359 އެވެ.

ޕީޕީއެމަށް ހަ ދުވަސް ތެރޭގައި 4،000 މީހުން
ޕީޕީއެމަށް ހަ ދުވަސް ތެރޭގައި 4،000 މީހުން