ސޮނީ ސްޕޯޓްސް އިން ރީބޮކްގެ އިތުރު އުފެއްދުންތަކެއް ވިއްކަން ފަށައިފި
ސޮނީ ސްޕޯޓްސް އިން ރީބޮކްގެ އިތުރު އުފެއްދުންތަކެއް ވިއްކަން ފަށައިފި

ސޮނީ ސްޕޯޓްސް އިން އެމެރިކާގެ މަޝްހޫރު ރީބޮކް ބްރޭންޑްގެ އިތުރު އުފެއްދުންތަކެއް ގެނެސް ވިއްކަން ފަށައިފި އެވެ.

ސޮނީ ސްޕޯޓްސް އިން ރީބޮކްގެ އިތުރު އުފެއްދުންތަކެއް ވިއްކަން ފަށައިފި
ސޮނީ ސްޕޯޓްސް އިން ރީބޮކްގެ އިތުރު އުފެއްދުންތަކެއް ވިއްކަން ފަށައިފި

ކުޅިވަރުގެ ސާމާނު ފުޅާ ދާއިރާއެއްގައި ވިއްކާ ފިހާރައިން އަލަށް ރާއްޖޭގައި ވިއްކަން ފެށީ ރީބޮކްގެ ހެދުންތަކާއި ބޫޓު އަދި ފައިވާނެވެ. މީގެ ކުރިން ސޮނީ ސްޕޯޓްސް އިން ވަނީ ކަސްރަތު ކުރަން ބޭނުންކުރާ ރީބޮކް ޓްރެޑްމިލް ފަދަ ސާމާނު ވިއްކަން ފަށައިފަ އެވެ.

މަޝްހޫރު އެތައް ބްރޭންޑްތަކެއް ރާއްޖޭގައި ވިއްކަމުން އަންނަ ފިހާރައިން ބުނީ، ރީބޮކްގެ އިތުރު އުފެއްދުންތައް ތައާރަފްކުރި އިރު، ރާއްޖޭގެ ޓޭބަލް ޓެނިސް ޗެންޕިއަން އަދި މަޝްހޫރު ފިޓްނަސް އިންސްޓްރަކްޓަރު މުއީނާ މުހައްމަދު އެ ބްރޭންޑާ ގުޅިފައިވާ ކަމަށެވެ.

"މުއީނާ ބޭނުންވީ ބަދަލަކަށް، އޭނާ މީގެ ކުރިން ރީބޮކާ އެހާ ކައިރި އެއް ނޫން. އެހެންވެ، އެ ބަދަލެއްގެ ގޮތުން ރީބޮކާ ގުޅެން ނިންމީ،" ސޮނީން ނެރުނު ބަޔާނެއްގައި މުއީނާ ބުނެފައިވެ އެވެ.

އޭނާ ބުނީ ސޮނީ ސްޕޯޓްސް އިން އަލަށް ވިއްކަން ފެށި ރީބޮކްގެ އުފެއްދުންތައް ވަރަށް ކަމުދާ ކަމަށާއި އަގު ވެސް އެހާ ހެޔޮ ކަމަށެވެ. އަދި ފިޓްނަސް އާއި ޓްރެއިނިން ބޭނުންތަކަށް ރީބޮކް އަކީ ވަރަށް ކަމުދާ ބްރޭންޑެއް ކަމަށް ވެސް މުއީނާ ބުންޏެވެ.

ސޮނީ ސްޕޯޓްސް އިން ބުނީ އަލަށް ވިއްކަން ފެށި ރީބޮކްގެ އުފެއްދުންތައް ޗާންދަނީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރައިން މިހާރު ލިބެން ހުންނާނެ ކަމަށެވެ. އަދި އެ އުފެއްދުންތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ސޮނީ ސްޕޯޓްސް ފޭސްބުކް ޕޭޖުން ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.