އެންމެ މުއްސަނދި ޓީމަކީ ޑަލަސް، ރެއާލަށް ދެ ވަނަ
އެންމެ މުއްސަނދި ޓީމަކީ ޑަލަސް، ރެއާލަށް ދެ ވަނަ

ލަންޑަން (ޖުލައި 14) - ރެއާލް މެޑްރިޑް ފަހަތަށް ޖައްސާލުމަށް ފަހު، ދުނިޔޭގެ އެންމެ މުއްސަނދި ކްލަބުގެ ލިސްޓުގެ އެއް ވަނަ މަގާމު އެމެރިކަން ފުޓްބޯޅަ ކްލަބް ޑަލަސް ކައުބޯއީސް ހޯދައިފި އެވެ.

މިއީ ފުޓްބޯޅަ ކްލަބެއް ނޫން އެހެން ކުޅިވަރެއްގެ ޓީމެއް 2011 ވަނަ އަހަރަށް ފަހު މި ލިސްޓުގެ އެއް ވަނަ އަށް އެރި ފުރަތަމަ ފަހަރެވެ. މި ލިސްޓު އެއް ވަނައިގައި މިދިޔަ ތިން އަހަރު ވެސް އޮތީ ރެއާލެވެ. ޑަލަސް އެއް ވަނަ އަށް ޖެހިލިއިރު އެ ޓީމުގެ އަގަކީ 4 ބިލިއަން ޑޮލަރެވެ. މިދިޔަ އަހަރު އެ ޓީމު ދެ ވަނައިގައި އޮތީ 3.2 ބިލިއަން ޑޮލަރާ އެކު އެވެ.

ރެއާލް ލިސްޓުގެ ދެ ވަނައިގައި އޮތީ 3.65 ބިލިއަން ޑޮލަރުގެ އަގަކާ އެކު އެވެ. ބާސެލޯނާ އޮތީ ލިސްޓުގެ ތިން ވަނައިގަ އެވެ. އެ ޓީމުގެ އަގަކީ 3.55 ބިލިއަން ޑޮލަރެވެ. ހަތަރު ވަނައިގައި އޮތީ 3.4 ބިލިއަން ޑޮލަރާ އެކު ބޭސްބޯޅަ ޓީމު ނިއުޔޯކް ޔަންކީސް އެވެ.

ލިސްޓުގެ ފަސް ވަނަައިގައި އޮތީ 2011 އަދި 2012 ވަނަ އަހަރުގެ އެންމެ މުއްސަނދީ ޓީމުގެ ގޮތުގައި އޮތް މެންޗެސްޓާ ޔުނައިޓެޑެވެ. އެޓީމުގެ މިލްކިއްޔާތުގައި 3.32 ބިލިއަން ޑޮލަރު އެބަހުއްޓެވެ.