ހުޅުމާލޭގައި އަޅާ ފުލުހުންގެ ފްލެޓްތައް ނަވާޒު ބައްލަވާލައްވައިފި
ހުޅުމާލޭގައި އަޅާ ފުލުހުންގެ ފްލެޓްތައް ނަވާޒު ބައްލަވާލައްވައިފި

ހުޅުމާލޭގައި ފުލުހުންނަށް ހާއްސަކޮށްގެން އަޅާ ފްލެޓްތައް، ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ނަވާޒު މިއަދު ބައްލަވާލައްވައިފި އެވެ.

ހުޅުމާލޭގައި އަޅާ ފުލުހުންގެ ފްލެޓްތައް ނަވާޒު ބައްލަވާލައްވައިފި
ހުޅުމާލޭގައި އަޅާ ފުލުހުންގެ ފްލެޓްތައް ނަވާޒު ބައްލަވާލައްވައިފި

"ބްލޫސް ހައުސިން ސްކީމް"ގެ ނަމުގައި 2014 ގައި އަޅަން ފެށި ފްލެޓްތައް ބައްލަވާލަން ނަވާޒާ އެކު ފުލުހުންގެ އެހެން ބައެއް އިސް ވެރިން ވެސް ވަޑައިގެންނެވި އެވެ. މި ފްލެޓްތައް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ.

ފުލުހުންނަށް ހާއްސަކޮށްގެން އަޅާ މި 300 ފްލެޓް ލިބޭނެ މީހުން، 2013 ގައި ވަނީ ކަނޑައަޅައިފަ އެވެ. އަދި ބައެއް މީހުން އޭރު ޑައުންޕޭމަންޓް ވެސް ދެއްކި އެވެ. ދެ އަހަރުގެ ތެރޭގައި ދިރިއުޅެވޭނެ ކަމަށް ބުނި ފްލެޓްތައް ނުނިމި ދިގުލައިގެން ދާތީ ފުލުހުން ވަނީ އެކި ފަހަރު މަތިން ޝަކުވާކޮށްފަ އެވެ. އެކަމަކު ފުލުސް އޮފީހުން ބުނީ މި އަހަރު މެދެއްހާ ހިސާބުގައި އެތަން އެއްކޮށް ނިންމާލައި، ދިރިއުޅެން ފެށޭނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން، ފުލުހުންގެ އިދާރާ، ނަވާޒާ ހަވާލުކުރެއްވީ، ހުކުމުގައި ތިއްބެވި އިދިކޮޅު ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރާ ގުޅިގެން، ޕޮލިސް ކޮމިޝަނަރު ކަމުން އަހުމަދު އަރީފް އާއި އޭގެ ފަހުން އެތަން ހިންގެވުމާ ހަވާލުކުރި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދު މަގާމުން ވަކިކުރައްވައިފަ އެވެ.