ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި
ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި

ދިރިއުޅުއްވާ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި 11 އަހަރު ދުވަހަށް ޖަލަށް ލާފައި ހުރި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ގޭ ބަންދުގައި ހުންނަވަނިކޮށް ކަރެކްޝަންސްގެ މުވައްޒަފުން އައިސް އޭނާ މިއަދު ޖަލަށް ގެންގޮސްފި އެވެ.

ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި
ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި

ފުލުހުންގެ އެހީތެރިކަމާއެކު ކަރެކްޝަންސްގެ މުވައްޒަފުން ނާޒިމް މި ގެންދިޔައީ، ނާޒިމާއި ޖަަލަށް ހުކުމް ކޮށްފައި ތިބި އިތުރު އަށް ސިޔާސީ ކުށްވެރިއަކު ވަގުތުން މިނިވަންކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މައްޗަށް އަމުރު ކޮށްފައި ވަނިކޮށެވެ.

ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި
ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި

ނާޒިމްގެ ގާނޫނީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ ނާޒިމް މިނިވަން ކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް އިތުރު ތުހުމަތަކާ ނުލައި ހައްޔަރުކޮށްގެން ގެންދިއުމަކީ ނާޒިމް ރަހީނު ކުރުން ކަމަށެވެ. ނާޒިމް އަނބުރާ ޖަލަށް ގެންދިޔައީ އެއްވެސް ސަބަބެއް ހާމަނުކޮށް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

"ކާނަލް ނާޒިމް މި ގެންދިޔަ ގެންދިއުމަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ރަހީނު ކުރުން ނޫން ގޮތަކަށް އެ އަމަލު މާނައެއް ނުކުރެވޭނެ،" ނޫރުއްސަލާމް ވިދާޅުވި އެވެ.

ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވީ ނާޒިމް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފައި ވަނިކޮށް ނާޒިމް ޖަލަށް ގެންދަނީ ކީއްވެތޯ ސުވާލު ކުރުމުން، އެކަން ކުރަނީ ވެރިން އަންގައިގެން ކަމަށް ކަރެކްޝަނުން ޖަވާބު ދިން ކަމަށެވެ.

އާޒިމް ވަނީ ނާޒިމް ހައްޔަރު ކުރި ފަރާތްތަކާ މެދު ފިޔަވަޅު އަޅައިދިނުމަށާއި ނާޒިމް މިނިވަން ކޮށްދެއްވުމަށް ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައްވައިފަ އެވެ.

"ނާޒިމް އެ ގެންދިޔައީ ކަރެކްޝަންސްގެ ބޭފުޅުން ކަމެއް، ފުލުހުން ކަމެއް އަޅުގަނޑަށް ޔަގީނެއް ނޫން. އަޅުގަނޑު ގަބޫލެއް ނުކުރަން ސިފައިންނެއް ފުލުހުންނެއް ސުޕްރީމް ކޯޓުން މިހާ ބޮޑު ހުކުމެއް އޮއްވައި އެ ތަނުގެ މުވައްޒަފެއް އައިސް ގެންދާނެ ކަމަކަށް،" އާޒިމް ވިދާޅުވި އެވެ.

ރައީސް ޔާމީން އިއްޔެ ކުއްލި ހާލަތު އިއުލާން ކުރައްވާފައިވާ އިރު ވެރިކަން ވައްޓާލަން އުޅުމާއި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ރޭ އިރާކޮޅު ހައްޔަރުކޮށްފަ އެވެ. އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ރޭގައި ހައްޔަރުކޮށްފަ އެވެ.