އެޕަލް ގަޑި ބޭނުންކުރާ މީހުންގެ ވިންދު ބަލަނީ
އެޕަލް ގަޑި ބޭނުންކުރާ މީހުންގެ ވިންދު ބަލަނީ

ލޭގައި ހަކުރު ހުރި މިންވަރު، ގަޔަށް ކަށި ނުހަރައި، ދެނެގަންނާނެ ނިޒާމެއް އީޖާދުކުރުމަކީ އެޕަލް ދެކޭ ހުވަފެނެކެވެ. އެކަމަށްޓަކައި ނިޒާމީ ރޭވުންތަކެއް އެ ކުންފުނިން ވަނީި ރާވައިފަ އެވެ. އެޕަލް ގަޑީގައި ހާޓް ރޭޓް މޮނީޓަރިން ސެންސަރެއް ވަޅުލާފައި ވަނީ ވެސް އެ ޒާތުގެ ސިއްހީ ހޯދުންތައް ދެނެގަތުމަށެވެ. އެ ކަންކަމަށް ބޭނުންވާ ސެންސަރުތައް މުޅިން ފައްކާކޮށް، ޝައްކުފިލުވުމަށެވެ.

އެޕަލް ގަޑި ބޭނުންކުރާ މީހުންގެ ވިންދު ބަލަނީ
އެޕަލް ގަޑި ބޭނުންކުރާ މީހުންގެ ވިންދު ބަލަނީ

"އެޕަލް ހާޓް ސާވޭ" އަކީ އެ ގޮތުގައި މައުލޫމާތު އެއްކުރަން ފަށައިގަތުމެވެ. އެ މަސައްކަތް ފަށަން އުޅޭ ކަމަށް ބުނެ، އެޕަލް ގަޑި ބޭނުންކުރާ މީހުންނަށް، ނޮޓިފިކޭޝަން މެސެޖްތަކެއް، ފާއިތުވި ނޮވެމްބަރުގައި ވަނީ ފޮނުވައިފަ އެވެ. އެ ސާވޭގައި ހިލޭ ސާބަހަށް ބައިވެރިވާން އެދޭ ނަމަ ކަންކުރަންޖެހޭ ގޮތް ވެސް ވަނީ ބުނެދީފަ އެވެ.

ސާވޭގައި ބައިވެރިވުމަށް ފުރަަމަ ޝަރުތަކީ އިނގިރޭސި ބަހުން ރަނގަޅަށް ވާހަކަދައްކަން އެނގުމެވެ. ދެވަނަ ޝަރުތަކީ "އެޓްރިއަލް ފިބްރިލޭޝަން" އަދި "އެޓްރިއަލް ފްލަޓާ" ފަދަ ހިތުގެ ބަލިކަށިކަމަކަށް ފަރުވާކޮށްފައި ނުވުމެވެ. ލޭ ދިޔާކުރާ ބޭހެއް ބޭނުންކުރާ މީހަކަށް ނުވުން ވެސް ހިމެނެއެވެ.

އެޕަލް ހާޓް ސާވޭ މެދުވެރިކޮށް ހޯދާ މައުލޫމާތުގެ ސަބަބުން ފަރުދުންނަށް އެއްވެސް ގެއްލުމެއް ނުވާނެކަން އެޕަލުން ކަށަވަރުކޮށްދެ އެވެ. އެ މައުލޫމާތު ބޭނުންކުރެވޭނީ އެޕަލުން މުޅިން އަލަށް އީޖާދުކުރާ އާލާތެއް ފައްކާކުރުމަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެޕަލް ގަޑީގައި ހިމެނޭ ހާޓް ރޭޓް ސެންސަރު އީޖާދުކުރެވިފައި ވަނީ އިތުބާކުރަން އެންމެ އެކަށީގެންވާ ފެންވަރުގައި ތޯ ބެލުން ވެސް ސާވޭގައި ހިމެނެ އެވެ. އެ ސެންސަރުން ނަގާ މައުލޫމާތަކީ ހަމަ ހަގީގަތުގައި ވެސް ހިތް ހިނގާ މިންވަރު ތޯ ވެސް ބެލެ އެވެ.

އެޕަލް ގަޑި ބޭނުންކުރާ މީހުން އުޅޭ މާހައުލެއްގެ ސަބަބުން، ހަށިގަނޑަށް އަރާ ލޮޅުން ފަދަ ގުޑުންތަކުގެ ސަބަބުން، ހާޓް ރޭޓް، ސެންސަރަށް އޮޅޭ ގޮތްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެޕަލުން ބުނީ އެ ޝައްކު ފިލުވުމަށް ވެސް ސާވޭގައި މަސައްކަތްކުރެވޭނެ ކަމަށެވެ.