08 ފެބުރުއަރީ 2018 - 07:33

ހާލީ ޑޭވިޑްސަންއަކީ ސައިކަލު އުފެއްދުމުގައި 115 އަހަރުގެ ތަޖުރިބާގައި އަދިވެސް ނަމޫނާ ދައްކަމުން އަންނަ ކުންފުންޏެކެވެ. މިހާ ދުވަހު ހާލީ ދުއްވަމުން ދިޔައީ އެހެން ގިނަ ބަރު ބޮޑެތި ސައިކަލުތަކެކޭ އެއްގޮތަށް ޕެޓްރޯލް އަޅައިގެންނެވެ.
ނަމަވެސް ތިމާވެށްޓާ ރައްޓެހި ސައިކަލުތަކެއް ނެރުމުގެ ވިސްނުން އެ ކުންފުނިން ފައްކާ ކުރަމުން އަންނަތާ ހަތަރު އަހަރުވަނީއެވެ. ދޮޅު އަހަރެއްހާ ދުވަސްތެރޭ ހާލީ ޑޭވިޑްސަންގެ، ކަރަންޓުން ޗާޖުކުރާ ސައިކަލު ބާޒާރަށް ނުކުންނާނެ ކަމަށް އެ މީހުން ބުނެފި އެވެ.
"ލައިވްވަޔަ" ގެ ނަން ދީފައިވާ މި ސައިކަލު ބޮޑަށް ވައްތަރުވާނީ އެވެންޖާޒްގެ ފިލްމު، އޭޖް އޮފް އަލްޓްރޯންގައި ގެންގުޅޭ ސައިކަލަކާއެވެ. ފުރިހަމައަށް ޗާޖުކުރަން ހޭދަވަނީ ތިން ގަޑިއިރާއި 30 މިނެޓެވެ. އެންމެ ބާރު ދުވެލީގައި ގަޑިއަކު 90 މޭލަށް ދުއްވެއެވެ.
މިފަހަކަށްއައިސް ހާލީ ޑޭވިޑްސަންގެ ވިޔަފާރި ވަނީ ދަށަށް ގޮސްފައެވެ. ކަރަންޓުން ދުއްވާ ތައްގަނޑު ސައިކަލުގައި ޖަހާލައިގެން ވިޔަފާރިއަށް ކުރިއެރުމެއް ލިބޭތޯ ބަލަމާ ހިނގާށެވެ.