މިއީ ސްމާޓްފޯނާއި އައިޕެޑާއި ލެޕްޓޮޕްގެ ޒަމާނެވެ. މިފަދަ ޑިވައިސްތަކަށް ބަލަހައްޓައިގެން ދުވާލުގެ ގިނަ ވަގުތު ހޭދަކުރެއެވެ. ހަށިގަނޑުގެ މުހިއްމު ނާރުތަކެއް އެއާ ގުޅިފައިވާ ކަނދުރާއަށް ބާރު ބޮޑުވާ ގޮތަށް ގިނަ ވަގުތު އިސްދަށަށް ޖަހައިގެން އިނުމުގެ ވޭން މިހާރު ގިނަ މީހުންނަށް އެނގޭނެ އެވެ.

ފިޓްނެކްޕްރޯ އަކީ ކަނދުރާމަތީގެ ކަސްރަތަށް ބޭނުންކުރަން އުފައްދާފައިވާ ޑިވައިސް އެކެވެ. ކަނދުރާ ދަށުގައި ބުރަކަށީގައި އަޅުވާލައިގެން ކަނދުރާމަތިން ލެނބޭ ގޮތަށް ހަދާފައިވާ ފިޓްނެކްޕްރޯއަކީ ކަނދުރާގެ މަސްތަކަށް އަމާޒުކޮށް ކަސްރަތު ލިބޭނޭހެން އުފައްދާފައިވާ އެއްޗެކެވެ.

މީގެ އަގު މިވަގުތު ހުރީ 56 ޑޮލަރަށެވެ. އާންމުކޮށް ފިޓްނެކްޕްރޯ ވިއްކަން ފަށާނީ މިއަހަރުގެ މާޗު މަހު އެވެ.