ބާރުތައް ނިގުޅައިގަނެ، އަންބޮނޑިއަކަށް ނުލެވޭނެ: އަބްދުއްރަހީމް
ބާރުތައް ނިގުޅައިގަނެ، އަންބޮނޑިއަކަށް ނުލެވޭނެ: އަބްދުއްރަހީމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނެތް ބާރެއް ބޭނުން ކުރަން މަސައްކަތް ކުރުމަކީ ގާނޫނުއަސާސީއާ ހިލާފުވުން ކަމަށާއި މުއައްސަސާތަކުގެ ބާރު ނިގުޅައިގަނެ، "އަންބޮނޑިއަށް" ނުލެވޭނެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކޯޓުގެ ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ބާރުތައް ނިގުޅައިގަނެ، އަންބޮނޑިއަކަށް ނުލެވޭނެ: އަބްދުއްރަހީމް
ބާރުތައް ނިގުޅައިގަނެ، އަންބޮނޑިއަކަށް ނުލެވޭނެ: އަބްދުއްރަހީމް

ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުންގެ ފަނޑިޔާރުންނަށް ފާޑު ވިދާޅުވާން މި ފެއްޓެވީ ރައީސް އަބްދުﷲ ޔާމީން މަގާމުން އަޒުލުކުރަން ސުޕްރީމް ކޯޓުން މަސައްކަތްކުރާ ކަމަށާއި އަމުރަށް ތަބާވެވަޑައިނުގަންނަވާނެ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެފައިވަނިކޮށެވެ.

ބާރުތައް ނިގުޅައިގަނެ، އަންބޮނޑިއަކަށް ނުލެވޭނެ: އަބްދުއްރަހީމް
ބާރުތައް ނިގުޅައިގަނެ، އަންބޮނޑިއަކަށް ނުލެވޭނެ: އަބްދުއްރަހީމް

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ގާނޫނުއަސާސީން މުއައްސަސާތަކަށް ދީފައި އޮތް ބާރެއް ނިގުޅައިގަނެ، "ތިމާމެންގެ އަންބޮނޑިއަށް ލުމުގެ" ބާރެއް އެހެން މުއައްސަސާއަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކުން ރައީސްގެ ބާރުތައް ނިގުޅައިނުގަނެވޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ގާނޫނުއަސާސީން މުއައްސަސާތަކަށް ދީފައި އޮތް ބާރެއް، ނިގުޅައިގަނެ، ތިމާމެންގެ އަންބޮނޑި އަށް ލުމުގެ ބާރެއް އެހެން މުއައްސަސާއަކަށް ލިބިގެނެއް ނުވޭ. މި ދަންނަވަނީ ހަމަ ކެރިގެން ސާބިތުކަމާއެކު،" ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު މި ވާހަކަ ދައްކައިގެން ގެންދާނެ ތަނަކަށް ގެންދަންވީ. މިހުރީ ދާން ތައްޔާރަށް."

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ދައުލަތް ހުއްޓުމަކަށް ގެންނައިރު، ދައުލަތުގެ ޒިންމާތަކެއް ހުންނާނެ އެވެ. ގާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތަށް ބަޔަކު ހުރަސް އަޅާ ނަމަ، އެ ހުރަސް ނައްތާލާއި، ދައުލަތް ކުރިއަށް ގެންދިއުމަކީ ރައީސަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް މަގާމުން ވަކިކުރެއްވުމުގެ ބާރެއް ސުޕްރީމް ކޯޓަށް ލިބިގެނެއް ނުވޭ. ތިމާމެންނަށް ނެތް ބާރެއް ބޭނުން ކުރަން މަސައްކަތް ކުރުމަކީ ގާނޫނުއަސާސީއާ ހިލާފުވުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ވަކި ބާރަކުން ގާނޫނުއަސާސީ އޮޅާލީމަ، ދައުލަތުގެ އިސްވެރިޔާ އަށް އެކަން އިސްލާހު ކުރަން މަގެއް އޮންނަން ޖެހޭ ކަމަށާއި ގައުމުގައި ވެރިކަން ކުރަން، އެންމެން އިންތިހާބުކޮށްފައި ހުންނަވާ ބޭފުޅެއްގެ ބާރު އެންމެ ފަސް ބޭފުޅަކަށް ކަނޑުވައިނުލެވޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންވެ، ގާނޫނުއަސާސީ ވަރަށް ބޮޑަށް ފުރިހަމަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ އަމިއްލަ އެދުން އިސް ނުކުރައްވައި، މީހުންނަށް ބިރު ދައްކައިގެން ނަތީޖާ ނުނެރުމަށް ގޮވާލައްވައިފަ އެވެ. އަދި ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ސިޔާސީ ލީޑަރުންތަކެއް މިނިވަން ކުރުމަށް ކުރި އަމުރަކީ "ކޮންމެވެސް ބާވަތެއްގެ ގުޅުމެއް އޮތީމަ" ވީ ގޮތެއް ކަމަށާއި އެހެން ނޫން ނަމަ އެކަން ނުހިނގީސް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ގައުމު ހުއްޓުވުމުގެ ޖާގައެއް ސަރުކާރާއި ޕީޕީއެމުން ނުދޭނެ އެވެ. އަދި ގައުމުގެ ތަރައްގީ އަށް ހުރަސް އަޅާ ނަމަ، ދާން ޖެހޭނީ "އެއް ފަރާތަށް" ކަމަށާއި ގައުމުގެ މިނިވަންކަން ނަގާލަން ޖާގަ ނުދޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް މިރޭ ވެސް ވިދާޅުވީ ކޯޓުގެ އަމުރު ތަންފީޒު ނުކުރާނަމޭ އެއްވެސް ފަރާތަކުން ނުބުނާ ކަމަށެވެ. ސުޕްރީމް ކޯޓު ވިޔަސް، އެއަށްވުރެ ދަށު ކޯޓަކުން ހުކުމް ކުރިޔަސް ޕީޕީއެމުން ތާއީދުކޮށް، މަރުހަބާ ކިޔާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ފުލުހުންނަށް ހުށަހެޅި ރިޝްވަތުގެ މައްސަލައެއްގެ ތަހުގީގަށް ހޯދަމުން އަންނަ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިނަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ "ފްލެޓު ގަންނަ ނަމަ، އެކަން ހިނގި" ގޮތް ސާފު ކުރަން ޖެހޭ ކަމަށެވެ. މި ސަރުކާރަކީ ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކާ މެދުގައި ފިޔަވަޅު އަޅަން ކެރޭ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕީޕީއެމާއި ސަރުކާރުން ބޭނުންވަނީ ނަޒާހަތްތެރި މުޖުތަމައުއެއް ބިނާ ކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ކަމަށް ވިޔަސް، ސިޔާމް ކަމަށް ވިޔަސް، މޫސާ މަނިކު ކަމަށް ވިޔަސް، ނިހާނު ކަމަށް ވިޔަސް އެބަޖެހޭ އަޅުގަނޑުމެން ފްލެޓު ގަތީމަ އެއީ ކޮންތާކުން ހޯދި ފައިސާއެއްތޯ ބަލަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ފުލުހުން ހަސަން ހޯދަމުން ދިޔައީ މާލޭގައި އިމާރާތް ކޮށްފައިވާ ކޮމާޝަލް ހައުސިން އެޕާޓްމެންޓް ޕްރޮޖެކްޓެއްގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުން ފްލެޓެއް ގަތުމަށް ދާދިފަހުން ކޮށްފައިވާ މުއާމަލާތެއްގައި ހިމެނޭ ގޮތަށް ރިޝްވަތުގެ މުއާމަލާތްތަކެއްގައި ބައިވެރިވެފައިވާ ކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލާގައި އޭނާ ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން އަމުރު ވެސް ކުރި އެވެ. އެކަމަކު، ހަސަން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރު ސުޕްރީމް ކޯޓުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ.