އޭޖީ އާއި ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
އޭޖީ އާއި ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ އަމުރާ ހިލާފުވިކަމަށް ބުނެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޕުރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް، އިދިކޮޅު ފަރާތްތަކުން މިއަދު ހުށަހަޅައިފި އެވެ.

އޭޖީ އާއި ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
އޭޖީ އާއި ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

މަޖިލީހުގެ އިދާރާގައި ޝީލްޑާ އެކު ސިފައިން ހަރަކާތްތެރި ވަމުން ދަނިކޮށް އިދިކޮޅު މެމްބަރުން މަޖިލީހުގައި ބޭއްވި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ސޯލިހް (އިބޫ) ވިދާޅުވީ އޭޖީ އާއި ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

އޭޖީ އާއި ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
އޭޖީ އާއި ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

އޭގެ އިތުރުން ހޯމް މިނިސްޓަރު އަހުމަދު އަޒްލީން އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ސިޔާސީ ލީޑަރުން ދޫކޮށްލުމަށާއި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފައިވީ ނަމަވެސް އެ ހުކުމް ތަންފީޒު ކުރަން ސަރުކާރުން އެކި އުޒުރު ދައްކަމުން ދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގެ އިތުރުން ގާނޫނު އަސާސީގައި ބުނެފައިވާ ތާރީހަށް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ފެށުމަށާއި ވީހާވެސް އަވަހަކަށް ޖަލްސާއެއް ބާއްވައި ދޭން ވެސް އިިދިކޮޅު ފަރާތްތަކުން ވަނީ ހުށަހަޅައިފަ އެވެ.

ރައްޔިތުން މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ މަހުގެ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތިދުވަހު ބާއްވަން ޖެހެ އެވެ. ކުރިން އޮތީ އެ ޖަލްސާ މާދަމާ ބާއްވާ ގޮތަށެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވުން އޮންނަ ޖަލްސާ މިހާރު ވަނީ ފަސްކޮށްފަ އެވެ.

ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިލްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި ހުކުމާ ގުޅިގެން އިދިކޮޅު ޕާޓީތަކަށް މިހާރު ވަނީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފަ އެވެ. މަޖިލީހުގައި ހިމެނޭ 85 މެމްބަރުންގެ ތެރެއިން އިދިކޮޅުގައި 43 މެމްބަރުން އެބަ ތިއްބެވި އެވެ. ވެރިކަން ކުރާ ކޯލިޝަންގައި ތިއްބެވި މެމްބަރުންގެ އަދަދަކީ 42 އެވެ.