ޒަމްޒަމް ވަޅުގެ މަރާމާތުގެ މަސައްކަތް ރޯދައިގެ ކުރިން ނިމޭނެ
ޒަމްޒަމް ވަޅުގެ މަރާމާތުގެ މަސައްކަތް ރޯދައިގެ ކުރިން ނިމޭނެ

މައްކާ (ފެބްރުއަރީ 4) - ޒަމްޒަމް ވަޅު މަރާމާތު ކުރަން މިހާރު ހިންގާ މަޝްރޫއު އަންނަ ރޯދަ މަހުގެ ކުރިން ނިންމާލެވޭނެ ކަމަށް ސައުދީ އަރަބިއާގެ އޮފިޝަލުން ބުނެފި އެވެ.

ޒަމްޒަމް ވަޅުގެ މަރާމާތުގެ މަސައްކަތް ރޯދައިގެ ކުރިން ނިމޭނެ
ޒަމްޒަމް ވަޅުގެ މަރާމާތުގެ މަސައްކަތް ރޯދައިގެ ކުރިން ނިމޭނެ

ތާރީޚީ ވަޅު މަރާމާތު ކުރުމުގެ މަސައްކަތުގައި 24 ގަޑިއިރު 250 އިންޖިނޭރުންނާއި ޓެކްނިޝަނުންނާއި މަސައްކަތު ބޭނުން ބޭނުން ކުރެ އެވެ. އަދި 11 ކްރޭން ދަނީ އެ މަސައްކަތުގައި ބޭނުން ކުރަމުންނެވެ. ޒަމްޒަމް ވަޅާ ގުޅުވައިގެން ހަދާ މަގުތަކުގެ ފުޅާ މިނުގައި އަށް މީޓަރު އަދި ދިގު މިނުގައި 120 މީޓަރު ހުރެ އެވެ.

ޒަމްޒަމް ވަޅުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ފަހު ސައުދީގެ ދެ ހަރަމްފުޅުގެ ކަންކަން ބަލަހައްޓަވާ އިސްވެރިޔާ ޝެއިޚް އަބްދުއް ރަހުމާން އަލް ސުދައިސް ވިދާޅުވީ މަސައްކަތުގެ 50 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި މަސައްކަތް ދަނީ ތާވަލާ އެއްގޮތަށް ކަމަށެވެ.

ޒަމްޒަމް ވަޅުގެ މަސައްކަތް ކުރިއަށްދާ އިރު ކޮންމެ ނަމާދު ވަގުތެއްގެ ބައިގަޑިއިރުގެ ކުރިން ހުއްޓާލަ އެވެ. އަދި ނަމާދު ވަގުތު ނިމުމާ އެކު މަސައްކަތް އަލުން ފަށަ އެވެ.

ޒަމްޒަމް ވަޅު މަރާމާތު ކުރުމުގެ މަސައްކަތް ފެށީ މީގެ ތިން މަހާއި ބައިގެ ކުރިންނެވެ. އަދި ކުރިއަށް އޮތް ތިންމަހާއި ބައިގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ އެވެ.

ޒަމްޒަމް ވަޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ގެފުޅު ފަށާ ތައާފް ކުރާ ސަރަހައްދަށް ވަދެވެނީ ހަމައެނި އިހްރާމްގައި ތިބޭ މީހުންނަށެވެ. އުމްރާ ކުރާ މީހުންނަށް މަތާފް އޭރިއާ އަށް ދެވޭނީ 94، 93، 89، 88 އަދި 87 ވަނަ ދޮރޯށިންނެވެ.

ޒަމްޒަމް ވަޅު މަރާމާތު ކުރުމުގެ މަސައްކަތުގައި ދެ ފިޔަވަހި ހިމެނެ އެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނެނީ މަތާފް އޭރިއާގެ (ތަވާފް ކުރާ ސަރަހައްދު) ގެ އިރުން ފަސް ފާލަން ހެދުމެވެ. އަދި ދެ ވަނަ ބައިގައި ހިމެނެނީ ޒަމްޒަމް ފެން ސްޓެރިލައިޒް ކުރުމާއި ވަޅު ވަށައިގެން ކުރިން ހުރި ކޮންކްރީޓްތަކާއި ދަގަނޑުތައް ނެގުމެވެ.