ހެނދުނު ނާސްތާއަށް ސީރިއަލް އަށްވުރެ ޕިއްޒާ ރަނގަޅު؟
ހެނދުނު ނާސްތާއަށް ސީރިއަލް އަށްވުރެ ޕިއްޒާ ރަނގަޅު؟

ހަކުރުލީ ސީރިއަލަށް ވުރެ ޕިއްޒާ ފޮއްޗެއް ހެނދުނުގެ ނާސްތާއަށް ކެއުމުން ސިއްހަތަށް މާ ފައިދާ ކުރާނެ ކަމަށް މަޝްހޫރު ޑައިޓީޝިއަން ޗެލްސީ އަމެރް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވަނީ ބެލެންސް ނާސްތާއަކަށް ބަލާއިރު ސީރިއަލް އަށް ވުރެ ޕިއްޒާ ރަނގަޅީ އޭގައި މާގިނައިން ޕްރޮޓީން އާއި ތާޒާ ބާވަތްތައް ހިމެނޭތީ ކަމަށެވެ. އަދި ސީރިއަލް އަށް ވުރެ ޕިއްޒާގައި ހަކުރު މަދުވީމަ އެވެ.

ޑައިޓިޝަން ވިދާޅުވީ ވިޔަފާރިއަށް ތައްޔާރުކޮށްފައި ހުންނަ ސީރިއަލްގެ ބާވަތްތަކުގައި ހަށިގަނޑަށް ފައިދާހުރި ބައިތައް އެކުލެވޭ މިންވަރު މާ މަދެވެ. އަދި އޭގައި ސިއްހަތަށް ފައިދާހުރި ފެޓްސް އާއި ޕްރޮޓީން އެކަށީގެންވާ ވަރަކަށް ނުހުރެ އެވެ.

އަމެރް ވިދާޅުވަނީ ޕިއްޒާގައި ޕްރޮޓީން، ކާބްސް އަދި ފެޓްސް މާ ރަނގަޅަށް ބެލެންސްކޮށް ހުންނަ ކަމަށެވެ. ޕިއްޒާ ފޮއްޗެއްގައި ޕްރޮޓީން އެކުލެވޭ ވަރު ގިނަ ވުމުން މާ ގިނައިރު ބަނޑު ފުރިފައި ހުންނަ ކަމުގެ އިހްސާސް ކުރެވޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފްރޮސްޓަޑް ފްލޭކްސްގެ ސިންގަލް ސާވިންއެއްގައި 110 ކެލޮރީޒް، 0 ގްރާމް ފެޓް އަދި 10 ގްރާމް ހަކުރު ހުރެ އެވެ. ކޮންސިއުމާ ރިޕޯޓްގެ ދިރާސާއަކުން ހާމަވި ގޮތުގައި ސީރިއަލް ކާން ގެންގުޅޭ ބޯތައްޓަށް ބަލައި ގިނަ މީހުން ސިންގަލް ސާވިސް އެއްގައި ކާންޖެހޭ މިންވަރަށް ވުރެ 132 ޕަސެންޓް އިތުރަށް ކާ ކަމަށެވެ.

ޗީޒް ޕިއްޒާ ފޮއްޗެއްގައި 272 ކެލޮރީޒް ހުންނައިރު އޭގައި 12 ގްރާމް ޕްރޮޓީން، 10 ގްރާމް ފެޓް އަދި ހަަތަރު ގްރާމް ހަކުރު ކަމަށް މި ރިޕޯޓުގައި ވެއެވެ.