މަރުވެފައިވާ މީހެއްގެ ބަނޑުން ނެގި ކުއްޖަކު ސަލާމަތްކޮށްފި
މަރުވެފައިވާ މީހެއްގެ ބަނޑުން ނެގި ކުއްޖަކު ސަލާމަތްކޮށްފި

ހިތުގެ ބަލި މީހުންނަށް ފަރުވާ ކުރުމުގައި އުޅުނު ނަރުހެއް ކަމަށްވާ އެމާ އޮލުބާޔޯ، 41، ކުއްލިއަކަށް މަރުވިއިރު ބަނޑަށް ހަ މަހެވެ. އޭނާ މަރުވުމާއެކު، ބަނޑުގައި އޮތް ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރުމުގެ ވިސްނުން ޕެރަމެޑިކްސް އަށް އައިސް އިމަޖެންސީ ސިޒޭރިއަން އެއް ހެދި އެވެ.

މަރުވެފައިވާ މީހެއްގެ ބަނޑުން ނެގި ކުއްޖަކު ސަލާމަތްކޮށްފި
މަރުވެފައިވާ މީހެއްގެ ބަނޑުން ނެގި ކުއްޖަކު ސަލާމަތްކޮށްފި

މަންމައަކަށް ވުމުގެ ފޮނި ހުވަފެންތަކެއް ދެކެމުންދިޔަ އެމާ ގޭތެރޭގައި އުޅެނިކޮށް ކުއްލިއަކަށް ވެއްޓުނީ އެވެ. އެމާގެ ހިތުގެ އެއްވެސް މައްސަލައެއް ހުރިކަން ކުރިން ފާހަގަކުރެވިފައި ނެތް ނަމަވެސް އޭނާ ވެއްޓުނީ ހިތް ހުއްޓިގެންނެވެ.

އެމާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ގަޑިއެއްހާއިރު ވަންދެން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ. އެހެންވެ ދެން ފެށީ އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ސަލާމަތްކުރެވޭތޯ އެވެ.

އިނގިރޭސި ވިލާތުގެ ލީސެސްޓަޝަޔާގެ ކޯލްވީލްގައި ހުންނަ އެމާގެ ގޭގެ ލިވިން ރޫމް ތަޅުންގަނޑު މަތީގައި އޮތް އެމާގެ ސިޒޭރިއަން ހެދީ އެތަނުގައި ބާއްވައިގެންނެވެ.

ކުއްޖާ ނަގަން ޖެހުނީ ދުވަސް ފުރެން 10 ހަފުތާ އޮއްވަ އެވެ.

ކުއްޖާގެ ބައްޕަ ބުނި ގޮތުގައި ސިޒޭރިއަން ހަދައިގެން ނެގިތާ އިރުކޮޅެއް ނުވަނީސް ދަރިފުޅުގެ ނޭވާ ވެސް ހުއްޓުނެވެ. ނަމަވެސް އަވަސް ފަރުވާއިން ހިތް ހިންގުވައި ފުރާނަ ސަލާމަތްކުރެވުނެވެ.