މީހެއްގެ އޯވަރީން 34 ކިލޯގެ ޓިއުމަރެއް ނަގައިފި
މީހެއްގެ އޯވަރީން 34 ކިލޯގެ ޓިއުމަރެއް ނަގައިފި

ކޮސްޓާ ރިކާގެ 57 އަހަރުގެ އަންހެނެއްގެ ބަނޑުން 34 ކިލޯގެ ޓިއުމަރެއް ނަގައިފި އެވެ. ސޯނިއާ ލޮޕޭޒް ނަމަކަށް ކިޔާ މި މީހާގެ އޯވަރީގައި ޓިއުމަރު އިންނަތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އޭނާއަށް ފަރުވާ ދޭ ޑޮކްޓަރުން ބުންޏެވެ.

އޯވަރީގައި ޓިއުމަރު އިންކަން އެނގި ހުރެ މި އަންހެންމީހާ ވަނީ އޮޕަރޭޝަން ނުކޮށް ހަތް އަހަރު ވަންދެން އުޅެފަ އެވެ. ނަމަވެސް ޓިއުމަރު ބޮޑުވެގެން ގޮސް ބަނޑުގެ 80 ޕަސެންޓް ފުރުމުން އޭނާގެ ގޮހޮރު ފިތި އޮޕަރޭޝަން ކުރަން އެންމެ ފަހުން މަޖުބޫރުވީ އެވެ.

ޓިއުމަރު ނެގިއިރު އޭގެ ސަބަބުން އަންހެން މީހާއަށް ހާޓް އެޓޭކެއް ޖެހުމުގެ ނުރައްކާވެސް އޮތީ ބޮޑުވެފަ އެވެ.

މި އަންހެންމީހާގެ ބަނޑުން ނަގާފައިވާ ޓިއުމަރަކީ ދުނިޔޭގެ ރެކޯޑެކެވެ. މިހާތަނަށް އެއްވެސް މީހެއްގެ ބަނޑުން މިވަރުގެ ބޮޑު ޓިއުމަރެއް ނެގި ކަމުގެ ރެކޯޑެއް ނެތެވެ.

އޮޕަރޭޝަންކޮށްގެން ހޮސްޕިޓަލުގައި އޮތް ސޯނިއާ މިހާރު އިންތިޒާރު ކުރަނީ ޓިއުމަރުގެ ލެބޯޓަރީ ރިޒަލްޓް އަށެވެ. އެއީ ޓިއުމަރުގައި ކެންސަރުގެ އަސަރު ހުރިތޯ ބެލުމަށް ޓެސްޓްތައް ހަދަމުން އަންނާތީ އެވެ.

ޑޮކްޓަރުން ބުނަނީ މިހާ ބޮޑެތި ޓިއުމަރު އާއްމުކޮށް ފެންނަނީ އަންހެނުންގެ ބަނޑުން ކަމަށެވެ. ސަބަބަކީ އެމީހުންގެ ހަށިގަނޑު ހުންނަނީ ވަރަށް ބަރު އެއްޗެތި ވެސް ބަނޑު ތެރޭގައި އުފުލޭ ގޮތަށް ކަމަށް ވާތީ އެވެ.