ފްރާންސްގައި ދެ ހެލިކޮޕްޓަރު ޖެހި ފަސް މީހުން މަރުވެއްޖެ
ފްރާންސްގައި ދެ ހެލިކޮޕްޓަރު ޖެހި ފަސް މީހުން މަރުވެއްޖެ

ޕެރިސް (ފެބްރުއަރީ 2) - ފްރާންސްގެ ދެކުނުގައި ސިފައިންގެ ދެ ހެލިކޮޕްޓަރު ޖެހި ފަސް މީހުން މަރުވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރި ސަބަބެއް ނޭނގެ އެވެ. މީހުން ސަލާމަތް ކުރާ ޓީމުތަކުން ވަނީ އެކްސިޑެންޓް ހިނގި ސަރަހައްދުގެ ބޯ ޖަންގަލީގެ ތެރޭން ފަސް މީހެއްގެ ހަށިގަނޑު ހޯދައިފަ އެވެ. އެކްސިޑެންޓްވީ ޕައިލެޓުން ތަމްރީނު ކުރާ ސްކޫލެއްގެ ދެ ހެލިކޮޕްޓަރު ކަމަށްވެ އެވެ. ޓްރޭނިން ސްކޫލުން ފްރާންސްގެ އިތުރުން ޖަރުމަން އަދި ސްޕޭނުގެ ޕައިލެޓުން ވެސް ތަމްރީނު ކުރެ އެވެ.

"އެއް ހެލިކޮޕްޓަރުގައި ތިން މީހުން އަދި އަނެއް ހެލިކޮޓްރުގައި ދެ މީހުން ތިބި. އެކްސިޑެންޓުގައި އެ ފަސް މީހުން ވެސް ވަނީ މަރުވެފައި،" ފުލުހުން ބުނެފައިވެ އެވެ.

އެކްސިޑެންޓްވި އެއް ހެލިކޮޕްޓަރު ފްރާންސް ސިފައިން އަންނަނީ 1970 ގެ އަހަރުތަކުން ފެށިގެން ބޭނުން ކުރަމުންނެވެ. މާލީގައި ފްރާންސް ސިފައިން ހިންގާ އެންޓި-ޓެރަރިޒަމް މިޝަންތަކުގައި ވެސް އެ ހެލިކޮޕްޓަރު ބޭނުން ކުރެ އެވެ.