ވަރުގަދަ އަމުރެއް، އެންމެ ރެޔަކުން މަންޒަރު ބަދަލުވެއްޖެ!
ވަރުގަދަ އަމުރެއް، އެންމެ ރެޔަކުން މަންޒަރު ބަދަލުވެއްޖެ!

މަގުމަތީ ހަރަކާތްތަކުގައި އުޅޭތާ އެތައް ދުވަހެއް ވީއިރު ވެސް އިދިކޮޅު ފަރާތްތަކަށް ސިޔާސީ މަސްރަހުގައި ބޮޑު ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ. ކިތަންމެ އުއްމީދާ އެކު ތިއްބަސް، ހަގީގަތަކީ އިދިކޮޅު ފަރާތްތައް މިއަދާ ހަމައަށް ވެސް ތިބީ ވާނުވާއެއް ނޭނގިފަ އެވެ. ބޮޑު އިންތިޚާބެއް ބޯމަތިވަމުން އައިއިރު ވެސް އިދިކޮޅު ފަރާތްތައް ތިބީ ވަރުގަދަ ކެންޑިޑޭޓެއް ރައްޔިތުންނަށް ނުދެއްކިފަ އެވެ.

ވަރުގަދަ އަމުރެއް، އެންމެ ރެޔަކުން މަންޒަރު ބަދަލުވެއްޖެ!
ވަރުގަދަ އަމުރެއް، އެންމެ ރެޔަކުން މަންޒަރު ބަދަލުވެއްޖެ!

އެކި މައްސަލަތަކުގައި ދިގު މުއްދަތުގެ ޖަލު ހުކުމްތައް ގިނަ ލީޑަރުންގެ މައްޗަށް އައިސްފައި އޮތުމުން އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ނެތުމަކީ ސަރުކާރުގެ ކުރިމަތީގައި އިދިކޮޅު ކޯލިޝަނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ލަދެވެ. އަދި އިންތިޚާބުގެ ކުރިން އެ ފުރުސަތު ލީޑަރުންނަށް ލިބޭނެ ކަމުގެ މާ ބޮޑު އުއްމީދެއް ވެސް މިއަދާ ހަމައަކަށް ނެތެވެ. ކޯޓުގެ އަމުރު ނެރުމުގެ އިރުތަކެއް ކުރިން އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި ގޮވަމުން ދިޔައީ މަގުމައްޗަށް ނިކުތުމަށެވެ. އެއީ މާ ބޮޑު ކަމެއް ކަމަށް ހިތާ، ގިނަ ބަޔަކު އޭރު އެތަނަށް ޖަމައެއް ވެސް ނުވެ އެވެ.

ވަރުގަދަ އަމުރެއް، އެންމެ ރެޔަކުން މަންޒަރު ބަދަލުވެއްޖެ!
ވަރުގަދަ އަމުރެއް، އެންމެ ރެޔަކުން މަންޒަރު ބަދަލުވެއްޖެ!

އެކަމަކު ސުޕްރީމް ކޯޓުގެ ކުއްލި ގޮތަކަށް ނެރުނު އަމުރު ވެގެން ދިޔައީ މުޅި ރާއްޖޭގެ މަސްރަހު ބަދަލުކޮށްލި އަމުރަކަށެވެ. ހުރިހާ ލީޑަރުން މިނިވަން ކުރަން އަމުރު ނެރުނު ކަމުގެ އަޑުތައް ފެތުރުމާ އެކު، ގިނަ ބަޔަކަށް އެކަން ގަބޫލެއް ވެސް ނުކުރެވުނެވެ. އެއީ އިދިކޮޅު ފަރާތްތަކުން ފަތުރާލި ގޭސްގަނޑެއްތޯ ވެސް އެއް ބަޔަކު ސުވާލުކުރި އެވެ. އެންމެން ވެސް ކުރަމުން ދިޔައީ އެއް ސުވާލެކެވެ. އެފަދަ އަމުރެއް ނެރުނީ ހެއްޔެވެ؟. ލީޑަރުން ދޫކޮށްލަނީ ހެއްޔެވެ؟. މިފަދަ އެތައް ސުވާލެކެވެ. އަދި އެ އަމުރަކީ ހަގީގަތުގައި ވެސް ސުޕްރީމް ކޯޓުން ނެރުނު އަމުރެއްތޯ ވެސް އެއް ބަޔަކު ސުވާލު އުފެއްދި އެވެ.

ވަރުގަދަ އަމުރެއް، އެންމެ ރެޔަކުން މަންޒަރު ބަދަލުވެއްޖެ!
ވަރުގަދަ އަމުރެއް، އެންމެ ރެޔަކުން މަންޒަރު ބަދަލުވެއްޖެ!

ސުޕްރީމް ކޯޓުގެ ވެބްސައިޓް ބަޔަކު ހެކްކުރިކަމުގެ އަޑުތައް ވެސް ފެތުރުނެވެ. އެކަމަކު އެއީ ސައްހަ އަމުރެއް ކަން ކަށަވަރުވީ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެކަން ދޮގު ކުރުމުންނެވެ. ފަހުން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ސޮޔާއި ނަމާ އެކު އެ އަމުރު ވަނީ ޝާއިއުކޮށްފަ އެވެ.

އެ އަމުރުގައިވާ ގޮތުން ސިޔާސީ ލީޑަރުން މިނިވަންކުރީ އެ ބޭފުޅުންގެ މައްސަލަތައް އަލުން ބަލަންޖެހޭތީ އެ މައްސަލަތަކާ މެދު އަލުން ގޮތެއް ކަނޑައަޅަން ދެނެވެ. މީގެ އިތުރުން އެ އަމުރުގައި ނިންމި އެންމެ ބޮޑު ނިންމުމަކީ އިންތިޚާބުވި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ބާތިލް ކުރުމެވެ.

އެ ހުކުމް ބާތިލް ކުރުމާ އެކު، މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި، އެ މެމްބަރުންނަށް މަޖިލީހުގައި ތަމްސީލުވުމުގެ ފުރުސަތު ދޭން އެންގި އެންގުމަކީ ވެސް އިިދިކޮޅު ފަރާތްތަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

މީގެ އިތުރުން އަދުލު އިންސާފުގެ ނިޒާމަށް ނުފޫޒު ނުފޯރުވޭނެ ގޮތް ހެދުމުގެ ގޮތުން ވެސް އެ އަމުރުގައި ވަނީ ދެ ނިންމުމެއް ނިންމައިފަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ އެއްވެސް މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުބެލޭނެ ކަމަށް ނިންމި ނިންމުމާއި ސުޕްރީމް ކޯޓުގެ ހުއްދަ ނެތި އެއްވެސް ކޯޓަކަށް ފަނޑިޔާރަކު އަދި އިސް ފަނޑިޔާރު ވިޔަސް އައްޔަން ނުކުރެވޭނެ ކަމަށް ނިންމި ނިންމުމެވެ.

އެ އަމުރު އޮތްގޮތުން އެ އަމުރާ ޚިލާފްވެއްޖެ ނަމަ ނުވަތަ ފަރުވާ ކުޑަކޮށްފި ނަމަ ނުވަތަ އެކަމަށް ހުރަސް އަޅައިފި ނަމަ އެކަން ތަހުގީގުކޮށް، ޝަރީއަތަށް ހުށަހެޅުމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ. އެހެންވެ، މިއީ ދައުލަތުގެ މައްޗަށް އައިސްފައި އޮތް ވަރުގަދަ އަމުރެއް ކަން އެނގެ އެވެ.

އަމުރު ނެރުނުކަން ޔަގީންވުމާ އެކު މާލޭގެ މަގުތައް ހަލަބޮލިވެ، ސޯޝަލް މީޑިއާ ކެކި އަރައިގަތެވެ. އެއް ބަޔަކަށް އައީ އުފާވެރިކަމުގެ އީދެކެވެ. މަގުމަތިން މަގުތަކަށް ނިކުމެ، އިދިކޮޅު ފަރާތްތަކުން އުފާ ފާޅު ކުރަމުން ދިޔައިރު އަނެއް ބަޔަކަށް ގެނުވީ ހައިރާން ކަމެކެވެ. ހަގީގަތަކީ މިފަދަ އަމުރެއް އައިސްދާނެ ކަމަށް ސަރުކާރުން ވެސް އަދި އިދިކޮޅު ފަރާތްތަކުން ވެސް އުއްމީދެއް ނުކުރެ އެވެ.

ޖަލު ހުކުމެއް އައިސްފައިވާ އެކަމަކު ރާއްޖެއިން ބޭރުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ޖަލުގައި މިހާރު ތިބި ބޭފުޅުން މިނިވަން ކުރުމުގެ މަސައްކަތް އެ ބޭފުޅުންގެ އާއިލާތަކާއި ވަކީލުން ދަނީ ކުރަމުންނެވެ. ފުރިހަމަ ކުރަންޖެހޭ އިދާރީ ކަންކަން ހުރުމުން އެއިން އެއްވެސް ބޭފުޅަކު އަދި މިނިވަނެއް ނުކުރެ އެވެ.

އެ އަމުރާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ އެ އަމުރުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު އެ އަމުރު ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނެވެ.

ކޮންމެއަކަށް ސުޕްރީމް ކޯޓުގެ މި އަމުރަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މަސްރަހު ބަދަލުކޮށްލި އެންމެ ބޮޑު ނިންމުމެވެ. އެ ނިންމުމާ އެކު، ދެން މަސްރަހު ބަދަލުވެގެން ދާނީ ކިހިނެތްކަން އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. ޔަގީންވާ ކަމަކީ މީގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި މަސްރަހު ވަރަށް ބޮޑަށް ބަދަލުވެ، ސަރުކާރާއި އިދިކޮޅު ފަރާތަކުގެ ހަރަކާތްތައް ވަރުގަދަ ވެގެން ދާނެ ކަމެވެ.