ދުނިޔޭގެ އެންމެ ބޮޑު ހެލްތު އިންޝުއަރެންސް ނިޒާމް އިންޑިއާގައި ތައާރަފް ކޮށްފި
ދުނިޔޭގެ އެންމެ ބޮޑު ހެލްތު އިންޝުއަރެންސް ނިޒާމް އިންޑިއާގައި ތައާރަފް ކޮށްފި

ނިއު ދިއްލީ (ފެބްރުއަރީ 1) - ދުނިޔޭގެ އެންމެ ބޮޑު ޕަބްލިކް ހެލްތު އިންޝުއަރެންސް ނިޒާމް އިންޑިއާގައި ތައާރަފް ކޮށްފި އެވެ.

އިންޑިއާ އިން ޕަބްލިކް ހެލްތުކެއާ އަށް މިހާރު ހޭދަކުރަނީ ޖީޕީޑީގެ އެއް ޕަސެންޓެވެ. އެއީ ޕަބްލިކް ހެލްތު އިންޝުއަރެންސް އަށް ދުނިޔޭގެ ނިސްބަތުން އެންމެ މަދުން ހޭދަކުރާ ގައުމެވެ.

އިންޑިއާ އިން މި ނިޒާމް އިއުލާންކޮށްފައި ވަނީ މިއަދު އިއުލާންކުރި އަހަރީ ބަޖެޓުގަ އެވެ. މިއީ އަންނަ އަހަރުގެ އާއްމު އިންތިޚާބަށް އަމާޒުކޮށް ގެންނަ ބަދަލެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ފައިނޭންސް މިނިސްޓަރު އަރުން ޖައިޓްލީ ވަނީ ސިއްހަތާއި ތައުލީމް އަދި ސޯޝަލް ސެކިއުރިޓީ އާއި ރޫރަލް އިންފްރާސްޓްރަކްޗާ އަށް އެތައް ބިލިއަން ޑޮލަރެއް ކަނޑައަޅައިފަ އެވެ.

ފައިނޭންސް މިނިސްޓަރު ވިދާޅުވީ ސިއްހީ އިންޝުއަރެންސް ނިޒާމުގެ ސަބަބުން ފަގީރު އާއިލާތަކުގެ 100 މިލިއަން މީހުން ކަވަރު ވާނެ ކަމަށެވެ. ކޮންމެ އާއިލާއަކަށް ވެސް ވަނީ އަހަރަކު 500،000 ރުޕީސް (7،825 ޑޮލަރު) ގެ ޕްރިމިއަމެއް ކަނޑައަޅައިފަ އެވެ.

"މިއީ ދުނިޔޭގައި ވެސް ސަރުކާރުން ޚަރަދު ކުރާ އެންމެ ބޮޑު ހެލްތުކެއާ ޕްރޮގްރާމް،" ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ޖައިޓްލީ ވިދާޅުވި އެވެ.