01 ފެބުރުއަރީ 2018 - 13:48

ނ. އަތޮޅުގައި އޮންނަ ސޮނެވާ ޖާނީ ރިސޯޓު ފަޅުތެރެ އިން، މަރުވެފައިވާ މީހެއްގެ ހަށިގަނޑު މިއަދު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަަކު ވިދާޅުވީ މީހެއްގެ ހަށިގަނޑު ފެނިގެން ހެނދުނު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަަހައްދަށް ފުލުހުން މިހާރު ދަތުރުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ނ. އަތޮޅުގައި ހިންގާ އެ ރިސޯޓުގެ ފަޅުތެރެއިން ފެނުނު އެ ހަށިގަނޑުގައި އޮތީ އެއްޗެއް އައްސައިފަ އެވެ. އަދި ބޮލާއި ދެ ފައި އޮތީ ގިރިގެން ހަށިގަނޑުން ވަކިވެފައި ކަން ފޮޓޯތަކުން އެނގެ އެވެ.