ބޮޑު ބަޖެޓެއް ހިމެނޭ މިއުޒިކަލްއެއް އުފައްދަން ބާންސާލީ ތައްޔާރުވާން ފަށައިފި
ބޮޑު ބަޖެޓެއް ހިމެނޭ މިއުޒިކަލްއެއް އުފައްދަން ބާންސާލީ ތައްޔާރުވާން ފަށައިފި

"ޕަދްމާވަތު" އަށް ލިބެމުން އަންނަ ކާމިޔާބީން ހިތްހަމަޖައްސާލައިގެން ހުންނާކަށް، އެ ފިލްމު އުފެއްދި ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ ގަސްތެއް ނުކުރެ އެވެ. މިހާރު އޭނާ ވަނީ ދެން އުފައްދަން ގަސްތުކުރާ ފިލްމުގެ މަސައްކަތް ފަށައިފަ އެވެ. މި ފިލްމުވެސް ވާނީ ބާންސާލީ ކުރިން އުފެއްދި ފިލްމުތައް ފަދައިން ވަރަށް މޮޅަށް އަދި އެހާމެ މަންޒަރުތައް ރީތި ފިލްމަކަށެވެ. ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމަކީ މިއުޒިކަލް އެކެވެ.

ބޮޑު ބަޖެޓެއް ހިމެނޭ މިއުޒިކަލްއެއް އުފައްދަން ބާންސާލީ ތައްޔާރުވާން ފަށައިފި
ބޮޑު ބަޖެޓެއް ހިމެނޭ މިއުޒިކަލްއެއް އުފައްދަން ބާންސާލީ ތައްޔާރުވާން ފަށައިފި

"ޕަދްމާވަތު"ގެ ބަޖެޓް ބޮޑުވެގެން އޭނާއަށް ފަންޑުކޮށްދޭނެ މީހަކު ނުލިބިގެން އުޅުނަސް މިފަހަރު އެކަހަލަ އެއްވެސް ފިކުރެއް ބާންސާލީ އަކަށް ނެތެވެ. ސަބަބަކީ "ޕަދްމާވަތު" ޕްރޮޑިއުސްކޮށްދިން ވައަކޮމް 18 މޯޝަން ޕިކްޗާޒް އިން ބާންސާލީގެ އާ ފިލްމު ޕްރޮޑިއުސްކޮށްދޭން ތައްޔާރަށް ތިބީމަ އެވެ. އެ ކުންފުނިން ލަފާ ކޮށްފައިވަނީ މިފަހަރުގެ ފިލްމަށް 150 ކްރޯޑް އާއި 175 ކްރޯޑާ ދެމެދުގެ ޚަރަދެއް ހިނގާނެކަމަށެވެ.

ބާންސާލީގެ އާ ފިލްމުގެ ތަރިންނަކީ އޭނާ އެންމެ ފަހުން އުފެއްދި ތިން ފިލްމުގެ ވެސް ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް ތޯ މިހާރުވެސް ބައެއް މީހުން ސުވާލުކުރެ އެވެ.

އިންޑިއާގެ ނޫހަކަށް ބާންސާލީ ދިން އިންޓަވިއުއެއްގައި ބުނީ ހިތްހަމަޖެހޭ ވަރަކަށް އަދިވެސް ދީޕިކާ އާއި ރަންވީރު ލައްވާ ފިލްމު ނުކުޅެވޭ ކަމަށެވެ.

ބާންސާލީ ބުނި ގޮތުގައި ދީޕިކާ އަކީ ވަރަށް ކެތްތެރި ޑައިރެކްޓަރުގެ ބަސް އަހާ އެކްޓަރެކެވެ. ދީޕިކާ ލައްވާ ހިތްހަމަޖެހޭ ވަރަށް އަދި ފިލްމު ނުުކުޅުވޭ ކަމަށް ވެސް ބާންސާލީ ބުންޏެވެ.

ރަންވީރާ ބެހޭ ގޮތުން ބާންސާލީ ބުނީ އޭނާއަށް ރަންވީރު އެނގޭ މިންވަރަށް އެހެން އެއްވެސް ޑައިރެކްޓަރަަށް ނޭނގޭނެ ކަމަށެވެ. ރަންވީރަށް ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭ ކަންތައްތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ވެސް ބާންސާލީ ބުންޏެވެ. ނަމަވެސް އޭނާގެ ކެރެކްޓާއަށް ފިޓްވުމަށް ކުރަންނުޖެހޭ މިންވަރަކަށް ރަންވީރު މަސައްކަތްކުރާ ކަމަށާއި އޭނާ ޖެހޭނީ ތަންކޮޅެއް އެގޮތް ދޫކޮށްލަން ކަމަށް ބުންޏެވެ.

ބާންސާލީގެ ވާހަކަތަކަށް ބަލާއިރު އޭނާގެ އާ ފިލްމުގެ ވެސް ލީޑް ރޯލަށް ދީޕިކާ އާއި ރަންވީރު ހަމަޖެއްސުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވެ އެވެ.